ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 23:29
މަސްމާރުކޭޓްގައި އަލީ ހުސެއިން މަސް ކަނޑަނީ
މަސްމާރުކޭޓްގައި އަލީ ހުސެއިން މަސް ކަނޑަނީ
ރާއްޖެއެމްވީ
ނުރަސްމީ ގަޑި
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
 
މިއީ ކޮންމެ ރޯދަ މަހެއްގައި ރާއްޖެޓީވީން ގެނެސްދޭ ޕްރޮގްރާމެއް
 
މަސް މާރުކޭޓްގައި މަސައްކަތް ކުރީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މަސް މާރުކޭޓްގައި މަސްކަޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރާ ފޮޓޯތަކެއް ސޯސަލް މީޑިއާގައި ދަނީ ދައުރުވަމުނެވެ. ގިނަ ބަޔަކު ދަނީ އެކަން ތަފާތު ގޮތަކަށް އެކަން ސިފަ ކުރަމުނެވެ. ބައެއް މީޑިއާތަކުން އެކަން ސިފަ ކޮށްފައި ވަނީ ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ކަމެއް ގޮތުގައެވެ. ކަމުގެ ހަގީގަތް ވެސް ބެލުމެއް ނެތި ބޮޑެތި ރިޕޯޓްތައް ވަނީ ގެނެސްފައެވެ. އެކަމާ ގުޅޭ ގޮތުން އަލީ ހުސެއިން އެއްވެސް ކޮމެންޓެއް ނުކުރުމުން ގިނަ ބަޔަކު އިތުރު ސުވާލުތަކެއް ކުރިމަތި ކުރުވިއެވެ. އަލީ ހުސެއިން މަސްމާރުކޭޓްގައި މަސްކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހެންވީ ކީއްވެގެން ތޯއެވެ؟ ސުވާލުގެ ޖަވާބަކީ އެހާ އުނދަގޫ ޖަވާބެއް ނޫނެވެ. އެއީ ރާއްޖެޓީވީ ރަމަޟާން މަހު ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގާރްމާގެ މަންޒަރަކަށެވެ. "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި އަލީ ހުސެއިންއާ ޕްރޮގްރާމުން ހަވާލުކުރި މަސައްކަތަކީ މަސް މާރުކޭޓްގައި މަސްކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެއީ އެ ޕްރޮގްރާމްގެ ޓާސްކެކެވެ.

 

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ އާންމުންގެ މެދުގައި މަގްބޫލް ބޭފުޅުންގެ ރަސްމީ ގަޑި ނިމުމުން ނުރަސްމީ ގަޑީގައި ކުރާ ކަންކަން ގެނެސްދޭ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި މެހުމާންގެ ހަޔާތާ ގުޅޭ ގޮތުން އާއިލާ މެމްބަރުން ދީފައިވާ އިންޓަރވިއުތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެވެ. ނުރަސްމީ ގަޑީގައި ޕްރޮގްރާމްގެ މެހުމާނުންނަށް މަސައްކަތެއް ހަވާލުކުރެއެވެ. އެކަން ވަނީ ޗެލެންޖަކަށެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ތަފާތު އެކި ފަރާތްތަކުގެ ހަޔާތާ ގުޅޭ ވާހަކަތައް "ނުރަސްމީ ގަޑި" ޕްރޮގްރާމްގައި ވަނީ ގެނެސްދީފައެވެ.  

ރަމަޟާން މަހު ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމްގެ މެހުމާނެންގެ ގޮތުގައި ވަލީކް އަލީ ހުސެއިން ބައިވެރިވާއިރު، އަލީއާ ހަވާލުކުރި މަސައްކަތަކީ މަސް މާރުކޭޓްގައި މަސް ކަނޑާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެވަގުތު އަލީ ހުސެއިން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައެއް ނޫނެވެ. "ކެންދޫ އައްޔަ"ގެ ގޮތުގައެވެ.

 

ނުރަސްމީ ގަޑީގައި އަލީ ހުސެއިން މަސްކަނޑަނީ

"ނުރަސްމީ ގަޑި" ޕްރޮގްރާމްގެ ސޫޓިން ކުރިއަށްދާއިރު، ކުރިއަށް ދުވަސްތަކުގައި ތަފާތު ފޮޓޯތައް ދައުރުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މަގުބޫލް ބޭފުޅުން "ނުރަސްމީ ގަނޑި" ޕްރޮގްރާމްގައި އެބޭފުޅުން ރަސްމީ ގަޑީގައި ކުރާ މަސައްކަތް ނޫން އެހެން ކޮންމެވެސް މަސައްކަތެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މަންޒަރުތަކެވެ.

"ނުރަސްމީ ގަޑި" ޕްރޮގްރާމަކީ ބެލުންތެރި މަގްބޫލްކަން ހޯދާފައިވާ ޕްރޮގްރާމެކެވެ. ވޭތެވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު މި ޕްރޮގްރާމް ގެނެސް ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާންމުންގެ މެދުގައި މަގްބޫލް އެކި ބޭފުޅުން ވަނީ ތަފަތު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މާރުކޭޓް ގޮޅިއެއްގައި މަސައްކަތް ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަންމަތީ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
7%
60%
0%
0%
0%
33%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 18:35
AHAREN
Waqth.mv heevanee moyavegen ulheyhen