ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 10:50
ނެޓްފްލިކްސް
ނެޓްފްލިކްސް
ގެޓީ އިމޭޖަސް
ނެޓްފްލިކްސް
ނެޓްފްލިކްސްއަށް ފުރަތަމަ ކުއާޓާގައި 3.7 ބިލިއަން ޑޮލަރު
ނެޓް އިންކަމްގެ ގޮތުގައި ލިބިފައިވަނީ 290 މިލިއަން ޑޮލަރު
އެޗްޑީ ސްޓްރީމިންގެ އަގު 9.99 ޑޮލަރުން 10.99 ޑޮލަރަށް ވަނީ ބޮޑުކޮށްފައި

ފުރަތަމަ ކުއާޓާގައި މަގުބޫލު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއަށް 125 މިލިއަން ސަބްސްކްރައިބާސް އާއި އެކީ 3.7 ބިލިއަން ޑޮލަރު ލިބިއްޖެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް އެކުންފުންޏަށް ވަނީ 7.4 މިލިއަން މީހުން ސަބްސްކްރައިބް ކޮށްފައެވެ. އޭގެ ތެރެއިން 5 މިލިއަން އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ނެޓްފްލިކްސްއާއި ގުޅުނު މީހުންނެވެ. އަދި 2.4 މިލއަން އަކީ އެމެރިކާއިން ނެޓްފްލިކްސްއާއި ގުޅުނު މީހުންނެވެ. މިއީ އެކުންފުންޏާއި ގުޅޭނެކަމަށް އަންދާޒާކުރެވުނު އަދަދަށް ވުރެ 1.1 މިލިއަން އިތުރު އަދަދެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ނެޓްފްލިކްސް އާ ގުޅޭނެ ކަމަށް އެކުންފުނިން މީގެ ކުރިން ލަފާކޮށްފައި ވަނީ 6.35 މިލިއަން ސަބްސްކްރައިބަރުންނެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަމައެކަނި އެމެރިކާ އިން ވެސް 1.96 މިލިއަން ސަބްސްކްރައިބަރުން ނެޓްފްލިކްސް އާ ގުޅިފައިވެ އެވެ.

އެކުންފުންޏަށް ފުރަތަމަ ކުއާޓާގައި 3.7 މިލިއަން ޑޮލަރު ލިބިފައިވާއިރު ނެޓް އިންކަމްގެ ގޮތުގައި ލިބިފައިވަނީ 290 މިލިއަން ޑޮލަރެވެ.  އެހެންކަމުން ނެޓްފްލިކްސްއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީ ވެފައިވަނީ 2016 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީއަށްވުރެ އިތުރު އަދަދަކަށެވެ.

ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވެފައިވާއިރު އެކުންފުނިން ވަނީ ސަބްސްކްރިޕްޝަންފީ ތައްވެސް ބޮޑުކޮށްފަ އެވެ. އެގޮތުން އެޗްޑީ ސްޓްރީމިންގެ އަގު 9.99 ޑޮލަރުން 10.99 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ނެޓްފްލިކްސްއަށް ލިބިފައިވަނީ ދެބިލިއަން ޑޮލަރުގެ ފައިދާއެކެވެ. އެ ކުންފުނިން މިއަހަރުގެ ނިޔަލަށް ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ތިން ބިލިއަން އެމެރިކާ ޑޮލަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް