ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 10:48
ހޯމް މިނިސްޓަރު އަޒްލީން ފުލުހުންގެ އޯޑިއޯ ލަވަ އަލްބަމް ނެރެދެއްވަނީ
ހޯމް މިނިސްޓަރު އަޒްލީން ފުލުހުންގެ އޯޑިއޯ ލަވަ އަލްބަމް ނެރެދެއްވަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ އަހަރީ ދުވަސް
ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އޯޑިއޯ ލަވަ އަލްބަމެއް ނެރެފި
 
ލަވަތައް ކިޔާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިން

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ތައްޔާރު ކޮށްފައިވާ ފުލުހުންގެ އޯޑިއޯ ލަވަ އަލްބަމް ނެރެފިއެވެ.

މިއޯޑިއޯ ލަވަ އަލްބަމް ރަސްމީކޮށް ނެރެދެއްވާފައި ވަނީ، ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އޭޕްރީލް 14 ވަނަ ދުވަހުގެރޭ ރަސްރަނި ބަގީޗާގައި ބޭއްވި ޑިނަރ ނައިޓްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަހުމަދުއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ޓޮނިކް ލައިވް ސްޓޫޑިއޯއާއި ދެމެދު، 2018 ޖެނުއަރީ 04 ވަނަ ދުވަހު ވެވުނު އެއްބަސް ވުމެއްގެ ދަށުން ތައްޔާރުކޮށްފައިވާ މިއޯޑިއޯ ލަވަ އަލްބަމްގައި ޖުމްލަ 5 ލަވަ ހިމެނޭއިރު ލަވަތައް ހައްދަވައިދެއްވާފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ޅެންވެރިން ކަމުގައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުސައިން، ރަމްލާ އަބްދުލް ޣަނީ، އާދަމް ޢަބްދުއް ރަޙްމާން (އުތީމުއާދަމްބެ) އަދި އާދަމް ނަސީރު އިބްރާހީމް ކަމަށެވެ.

މިއަލްބަމްގައި ހިމެނޭ ލަވަތައް ކިޔާފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ޝިފާ ތަޢުފީޤު، ރާފިއަތު ރަމީޒާ، މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) މަރިޔަމް އަޝްފާ، އިބްރާހީމް ޒައިދު އަލީ، އިބްރާހީމް މަމްދޫހް (މަންޑޭ)، މާއިން ރަޝީދު، ހަސަން ޠަލާޤު، ޢަބްދުﷲ ނާޝިފް (ތާތި)، ޢަބްދުﷲ މިއުޝާދު، ޝަލަބީ އިބްރާހީމް، މަޖީދު އިސްމާއީލް، ޢާއިޝަތު އަމާނީ، މަރިޔަމް ޝައުޝަތު، ޢާއިޝަތު ޒާރާ އިސްމާޢީލް، އަދި ޔާމީން ރަޝީދު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ އަހަރީ ދުވަހަކީ މާރޗް މަހުގެ 29 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް