ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 11:03
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާ
ހައުސިންގް މިނިސްޓްރީ
ރަސްރަނި ބަގީޗާ
ރަސްރަނި ބަގީޗާގެ ވިންޓަރ ޕާކު ހިންގާނެ ފަރާތެއް ހޯދަނީ!
 
ވިންޓަރ ތީމް ޕާކަކީ އާޓީފިޝަލް ސްނޯ އުފައްދާ މެޝިންތަކާއި އެކު އުފައްދާ ޕާކެއް
 
އޭޕްރީލް 22 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރަންޖެހޭ
 
ވިންޓަރ ތީމް ޕާކު ހިންގަނީ ކެފޭ އޭރިއާ ހިންގާ ފަރާތުން

ރަސްރަނި ބަގީޗާގައި ތަރައްގީކޮށްފައިވާ ވިންޓަރ ތީމް ޕާކާއި ކެފޭ އޭރިއާ އޮޕަރޭޓްކުރާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވިންޓަރ ތީމް ޕާކާއި ކެފޭ އޭރިއާ އޮޕަރޭޓްކޮށް، ހިންގާ، ބަލަހައްޓާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން  އޭޕްރީލު 22 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފު ކުރުމަށްވަނީ އެދިފަ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު އޭޕްރީލް 29 ގެ ކުރިން ލިޔެކިއުމާއި އަގު ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރަސްރަނި ބަގީޖާގައި ތަރައްގީ ކުރާ ވިންޓަރ ތީމް ޕާކު މިއަހަރުގެ ފިތުރު ޢީދަށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. އެހެން ކަމުން ޖޫން މަހުގެ މެދު ތެރޭގައި ވިންޓަރ ތީމް ޕާކު އާންމުންނަށް ހުޅުވާލެވިގެންދާނެ އެވެ.

ވިންޓަރ ތީމް ޕާކަކީ އާޓީފިޝަލް ސްނޯ އުފައްދާ މެޝިންތަކާއި އެކު އުފައްދާ ޕާކެކެވެ. ފިނިހޫނުމިން ވަކި ވަރެއްގައި ކޮންޓްރޯލް ކުރެވޭ ގޮތަށް މި ޕާކު ތައްޔާރު ކުރަނީ ފްރާންސް އާއި ސްވިޒަލޭންޑްގެ ދެ ކުންފުންޏަކުން ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.

ވިންޓަރ ތީމް ޕާކު ތަރައްގީ ކުރާނީ ސެލްފް ސަސްޓެއިނަބަލް މޮޑެލްއަކަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. ރަސްރަނީގައި ކެފޭ ހިންގާ ފަރާތަށް ވިންޓަރ ޕާކު ހިންގުން ހަވާލު ކުރަން ނިންމާފައިވަނީ އެތަން ހިންގުމުގައި ދައުލަތުގެ ބަޖެޓުން ކުރަން ނުޖެހޭ ގޮތަށް ރޭވުމަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

ސަލްޓަން ޕާކު އާ ކޮންސެޕްޓްއަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ސަލްޓަން ޕާކު ރަސްރަނި ބަގީޗާއަށް ބަދަލުކޮށް، ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އެވެ. ވިންޓަރ ތީމް ޕާކު ހުޅުވުމުގެ މަސައްކަތް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އޭރު ހައުސިންގ މިނިސްޓްރީން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް މަޑުޖެހިގެން ދިއުމަށްފަހު މިހާރު މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށްގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޝާން އަނީސް
0%
0%
0%
0%
0%
100%
ކޮމެންޓް