ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 06:06
ޝާހިދު (މ) ޕެނަލް ޑިސްކަޝަންގައި
ޝާހިދު (މ) ޕެނަލް ޑިސްކަޝަންގައި
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
އިތުރު ވާހަކައެއް ނެތް، ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ: ޝާހިދު
 
ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް ވަނީ ވެފައި
 
މުއާހަދާތަކެއްގެ ދަށުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރޭ ތަންފީޒް ކުރަން
 
އެއީ މުޅި ދައުލަތަށް އެންގި އެންގުމެއް

ސަރުކާރުން އިތުރު ވާހަކަ ތަކެއް ދައްކަވާނެ ކަމެއް ނެތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ގެނެސްދިން "ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ނިންމުން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ކުރިމަތި ލެވެން ޖެހޭނެ ކަމަށް އދ ހިއުމަން ރައިޓްސް ކޮމެޓީން ބުނި ބުނުމަށް އެހާއަވަހަށް ސަރުކާރުން އެއްޗެއް ބުނީ ރައީސް ނަޝީދު ކުރިމަތިލެއްވޭނެ ކަމަށް އދ އިން ނިންމަވާނެ ކަމަށް މާކުރިން އެނގޭތީ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެއްޗެއް ބުނެފައިވަނީ އެބަޔާން ބަލާވެސް ނުލާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އެނިންމުމަކީ ހަމަ އެކަނި ދިވެހި ސަރުކާރަށް އެންގި އެންގުމެއް ނޫން ކަމަށާއި އެއީ މުޅި ދައުލަތައް އެންގި އެންގުމެއް ކަމަށެވެ. އަދި އެނިންމުމަކީ ސަރުކާރުން ބޮލާލާ ޖެހޭނެ ނިންމުމެއް ނޫން ކަމަށާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން އެނޫން ގޮތެއް ނޯންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ދިވެހި ދައުލަތައް ކޮށްފައި އޮތް ހުކުމެއް މިއީ. އަޅުގަނޑުމެން ބައިވެރިވެފައިހުރި މުއާހަދާތަކެއްގެ ދަށުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރާ ކަންކަތައްތަކެއް ކުރުމަށް ދިވެހި ދައުލަތައް އަންގާފައި އޮތް އެންގުމެއް މިއީ." ޝާހިދު ވިދާޅުވިއެވެ.

މިހާރު މިފެންނަނީ ސަރުކާރުން ބޭނުން ނުވާ ބަހެއް ބުނާ ކޮންމެ ބައެއް ބޮލާލާ ޖަހާތަން ކަމަށާއި، ބަސް ބުނީ އެއީ ސުޕްރީމް ކޯޓުން ވިއަސް އަދި އދ އިން ވިޔަސް ސަރުކާރުން ކަންކުރާ ގޮތް ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެސް އޮތީ މިވާހަކަތައް ކަމަށާއި އެކަމަކު ސުޕްރީމް ކޯޓުން އެއަމުރު ނެރުނީމާވެސް އެކަން ނުކޮށް ފަނޑިޔާރުން ހައްޔަރުކުރީ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިފެންނަނީ ބޭނުން ނުވާ ކަންކަން ނުކުރަން އުޅޭތަން ކަމަށާއި އެކަމަކު އެއީކީ ވާނެ ކަމެއް ނޫންކަމަށެވެ.

އދ ގެ ނިންމެވުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ  ރައީސް ނަޝީދުވެސް އެނިންމުމާ ގުޅިގެން ޓްވީޓް ކުރެއްވީ އެއާއެއްގޮތައް ވާހަކަ ދައްކަން ގޮވާލައްވާފައި ކަމަށާއި ރައީސުލް ޖުމްހޫރިއްޔާކަމުގައި ޔާމީން ހުންނަވާނަމަ މި ނިންމެވުމަށް ބޯ ލަންބަވަން ޖެހޭނެ ކަމަށެވެ. ނޫންނަމަ އެވިދާޅުވެވެނީ ރައީސް ކަމުގައި ޔާމީން ނެތްކަމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މުޢަހަދާ ތަކުގައި ބައިވެރިވެފައިވަނީ އެކަންކަން ނުކޮށް ނުތިބެވޭނެ ގޮތައް ކަމަށާއި  އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރާއިރު މިފެންނަނީ  ރާއްޖެއަކީ ހިތުހުރި ގޮތަކަށް ކަންކުރާ ޤައުމެއްގެ ގޮތުގައި ދައްކާފައި ވާ ތަން ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމުތަކަކުން ބުނާގޮތައް ހަދާ ގޮނޑިކޮއްކޮއަކަށް ވެފައިވާ ކަމަށާއި މިއީކީ ކުރާވަރުގެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދިވެސް ރަނގަޅު ކުރެވެން އެބައޮތް ކަމަށާއި ކަންކުރަންވީ ގޮތަކީ ޤާނޫނަށް ބޯލަނބައި މުއައްސަސާތަކުން އަތްޕުޅު ނަންގަވަންވީ ކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކުރެއްވިފައިހުރި ކަންކަމުން ސަލާމަތް ނުވެވޭނެ ކަމަށް ހީކޮށް ކަންކަން ރަނގަޅު ނުކޮށް ނުހުރެވޭނެ ކަމަށާއި ދެންވެސް އޮތީ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އިސްލާހީ މަސައްކަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ފަށާފައިވާ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމުގެ އަލާމާތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
83%
0%
0%
0%
17%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 07:00
އދ
ރާވާފައި އޮތީ ފެބްރުއަރީ 01 ގައި ރައީސް ޔާމީން ހަވަރަށް ދޭން.
18 އޭޕްރިލް 2018 | ބުދަ 04:07
ހ މ ޒ
ޝަރުތު ހަމަވާ ކޮންމެ މީހަކަށް އިންތިހާބުގައި ކުރިމަތިލެވޭނެ!؟