ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 22:50
މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް
މާލޭގެ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލް
މާލެ ސާފުތާހިރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއަށް ނުކުރެވޭކަމަށް ބުނެ ސިޓީ ކައުންސިލް އިން ޤަރާރެއް ނެރެފި
 
ކުނީގެ ސަބަބުން އެއްގަމު އުޅަނދުތަކަށް ގެއްލުން ލިބުމާއި މީދަލާއި މެހީގެ އުދަނގޫ ބޮޑުވޭ
 
ކުނި އުކައިލުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތުން އެކަން ފުރިހަމަަށް ނުކުރެވޭ
 
މާލެގެ މަގުތަކާއި ގޯޅިތަކުގައި ކުނި ބެހެއްޓުން އާއްމު ކަމަކަށް ވެފައިވޭ

ގޭގެއިން ނެރެންޖެހޭ ކުނިތަކާއި، މަގުތަކުގައި ހުންނަ ކުނިތައް ދުވަހުން ދުވަހަށް ނެގޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ. 

މާލެ ސިޓީގެ މަގުތަކާއި ގޯޅިތަކުގައި ކުނިގިނަވާ މައްސަލައާއި ގުޅެގޮތުން ސިޓީ ކައުންސިލްއިން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ މާލޭގެ ގޭގެއިން މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒިފުން ކުނިއުކާލުމާއި މާލެ ސިޓީގެ މަގުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްއިން ކުރަމުން ގެންދަނިކޮށް، އެ މަސައްކަތާއި ހައުސިން މިނިސްޓްރީން ހަވާލުވިތާ 3 އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާގޮތުގައި މާލެ ސިޓީގެ މަގުތައް ސާފު ކުރެވިފައިނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

މަގުތަކާއި ގޯޅިތަކުގެ ޕޭވްމެންޓުމަތީގައި އާއި ސަހަރާތަކާއި އާންމު ތަންތަނުގައި ކުނި ބެހެއްޓުން ވަނީ އާންމު ކަމަކަށްވެފައިކަން ފާހަގަކޮށް، މާލެ ސިޓީ ކައުންސިލްއިން ބުނީ އޭގެ ސަބަބުން މަގުމަތި ދުއްވާ ވެހިކަލްތަކަށް ގެއްލުުން ލިބުމާއި ހިނގާ މީހުންނަށް ނުބައި ވަސް ދުވުމާއި ބުޅަލާއި މެހީގެ އުނދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ބޮޑުވެފަިއވާ ކަމަށެވެ. އަދި އޭގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާ ކަމަށް ސިޓީ ކައުްނސިލްއިން ބުނެ އެވެ. 

އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ ނިންމުމުގައި ސަރުކާރަށް ގޮވާލައިފައިވަނީ ގޭގެއިން ނެރެންޖެހޭ ކުނިތަކާއި، މަގުތަކުގައި ހުންނަ ކުނިތައް ދުވަހުން ދުވަހަށް ނެގޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. އަދި މާލެ ސިޓީއަކީ ނަލަފެހި ސިޓީއަކަށް ހެދުމަށްޓަކައި މަގުތައް ސާފުތާހިރުކޮށް، ފެހިކޮށް، ޒީނަތްތެރިކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާލުމަށް ވެސް މާލެ ސިޓީ ކައުންސިލްއިން ވަނީ ގޮވާލައިފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް