ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 19:56
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
އދގެ ނިންމުން
ހިއުމަން ރައިޓްސް ކޮމިޓީގެ އެންގުންތަކަށް އަމަލުކުރުން ޤާނޫން އަސާސީގެ ދަށުން ލާޒިމް: އަބްދުﷲ ޝާހިދު
 
ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައިވޭ

ރާއްޖެއިން ސޮއެކޮށްފައިވާ ބައިނަލްއަޤްވާމި މުޢާހަދާތަކަށް ޢަމަލުކުރުން ލާޒިމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށް މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެވެން ޖެހޭނެކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމުމާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާކަމަށެވެ.

ކުރިން ޚާރިޖީ ވަޒީރުކަންވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވިއިރު، މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެމުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ރާއްޖެއިން ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެކަން އެކޮމިޓީއިން ވަނީ ހަނދާން ކޮށްދީފައެވެ. 

ޤާނޫން އަސާސީގެ 115ވަނަ މާއްދާގެ ފ ގެ ދަށުން މިފަދަ މުޢާހަދާތަކަށް އަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
75%
0%
0%
25%
0%
ކޮމެންޓް