ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 19:16
މޮނާޒާ ނައީމް
މޮނާޒާ ނައީމް
ސަން އޮންލައިން
މޮނާޒާ ނައީމް
އަނެއްކާވެސް ފުލުހުން މޮނާޒާ ނައީމް ހޯދަނީ!
 
އޭނާ ހޯދަމުން އަންނަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ނައީމް (މޮނާޒާ ނައީމް) ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ ސިވިލް ކޯޓްގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެންނެވެ.  

މޮނާޒާ ނައީމްގެ ފޮޓޯއާ އެކު ފުލުހުން ހޯމަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނީ، މ.ވެލިދޫ، މުހައްމަދު ނައީމް، 64އ. ހޯދަމުން އަންނަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ. އެހެން ނަމަވެސް، އެ އަމުރާ ގުޅިގެން އޭނާ ހޯދަން ބެލިއިރު، ފުލުހުންނަށް އޭނާ ފެނިފައި ނުވާތީ އާންމުންގެ އެހީއަށް އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަ އެ މައްސަލައިގައި ސިވިލްކޯޓަށް ހާޒިރުކުރުމަށް މިދިޔަ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ވެސް މޮނާޒާ ނައީމް ހޯދަން އިއުލާންކުރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް