ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 18:42
ފިޝަރީޒް މިނިސްޓަރ ޝައިނީ
ފިޝަރީޒް މިނިސްޓަރ ޝައިނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ: ޝައިނީ
 
ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނަން ޖެހޭ އެއްވެސް ގޮތެއް ނެތް: ޝައިނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަދި ސަރުކާރުގެ ދިފާޢުގައި އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވާ ވަޒީރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޝަރީޢަތް ހިންގާފައިވަނީ އެމަނިކުފާނަށް ލިބިދޭން ޖެހޭ ހައްޤުތައް ނުލިބިކަށާއި، އިންސާފުން އެއްކިބާވެގެންކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުން ނިންމިކަން ހާމަކުރުމާއިއެކު، ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނަން ޖެހޭ އެއްވެސް ގޮތެއް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީއާއި އޭގެ ދަށުން ހެދިފައިވާ އެއްވެސް ޤާނުނެއްގައި ނުވަތަ ޤަވާޢިދެއްގައި ނެތް ކަމަށެވެ. 

ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅު ނޯންނާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްވާ ވަޒީރު ވިދާޅުވިއިރު، ޚާރިޖީ ވުޒާރާއިންވެސް ވަނީ އދގެ ނިންމުމަށް ގޮން ޖަހާ ބަޔާނެއް ނެރެފައެވެ. އަދި ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށާއި، އިންތިޚާބު ބާއްވާނީ ރާއްޖޭގެ އިންތިޚާބުތަކާއި ބެހޭ ޤާނޫނުތަކުގެ ދަށުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން އިޝާރާތް ކުރަމުންދާ ޤާނޫނީ ހަމައަކީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އެބޭފުޅުން ޤަބޫލުކުރައްވާކަމަށް ހަމައެވެ. 

އދގެ ހިއުމަން ރައިޓްސް ކޮމިޓީއިން މި މަހުގެ ކުރީކޮޅު ނިންމައި، ހޯމަ ދުވަހު އާއްމުކުރި ނިންމުމުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން މުރާޖަޢާކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށެވެ.

މީގެ އިތުރުން އެމަނިކުފާނަށް އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް އދ. އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
17%
67%
0%
0%
0%
17%
ކޮމެންޓް
16 އޭޕްރިލް 2018 | ހޯމަ 13:49
ކަރުދާސްކޮޅުގައި
ހަމަގައިމުވެސް ޝައިނީގެނަމެއް ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ: