ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 18:38
ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ނަޝީދަށް ވާދަ ކުރެވޭނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތެއް އޮތުމުގެ ބޭނުމެއް ނެތް: ނިހާން
 
ބޭރުގެ ޕްރެޝަރާއި ހުރެ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭ ސަބަބެއް ނެތް
 
ޖަލު ހުކުމެއްގައި އޮވެ ނަޝީދަށް ވާދައެއް ނުކުރެވޭނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަ ކުރެވޭނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ނިންމި ނިންމުމާއި ގުޅިގެން ނިހާން ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގ. ކެނެރީގޭ މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލުހުކުމެއް އޮވެ، އިންތިޚާބުގައި ވަދަކުރެވޭނަމަ ރާއްޖޭގައި ގަނޫނީ ހުކޫމަތް އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މިކަމުގައި ބޭރުގެ ޕްރެޝަރަށް ދީލާލަން ޖެހޭ ސަބަބެއް ނެތް" ނިހާން ވިދާޅުވިއެވެ.

ބޭރުގެ ޕްރެޝަރާއި ހުރެ ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭ ސަބަބެއް ނެތް ކަމަށް ނިހާން ވިދާޅުވިއިރު، ރައީސް މުހައްމަދު ނަޝީދު ތަންފީޒު ކުރައްވަމުން މިހާރު އެ ގެންދަވާ 13 އަހަރުގެ ޖަލުހުކުމަކީ އެމަނިކުފާނުގެ މައްޗަށް ބޭއިންސާފުން ހިންގުނު އިޖުރާއަތްތައް ފުރިހަމަ ނޫން ޝަރީއަތެއް ކަމަށް އދ. އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ވެސް ސަރުކާރަށް ގޮވާލިއެވެ، އެހެން ނަމަވެސް ސަރުކާރުން އޭރު ބުނީ އެ އެންގުމަށް އަމަލުކުރަން ލާޒިމް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
17 އޭޕްރިލް 2018 | އަންގާރަ 02:15
ކުކުރޭ
There is no law and order even now.
16 އޭޕްރިލް 2018 | ހޯމަ 14:57
އައިމިނާ
ނިހާށް ފުރަތަމަ ހުކޫމަތަކީ ކޮންއެއްޗެއްކަން އެގޭތޯ މިޤައުމުގެ ޤާނޫނާއި ޝަރުއީދާއިރާ ވެއްޔާމޮޑެލީ ހަމަ ތި މީހުން. އެކަމުގެ ޒިއްމާ ނަގަންޖެހޭނެ ތީވަރަށް ރަނގަޅުވާހަކައެއް މިހާރު މިޤައުމުގަ ނެތް އެއްޗަކުން ކިހިނެއް އަމަލުކުރާނީ