ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 15:08
ޏ. ފުވައްމުލަކު
ޏ. ފުވައްމުލަކު
ގޫގުލް
ކަރަންޓު ކެނޑުން
ކޭބަލްއަށް ގެއްލުންވެ ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ
 
މައްސަލަ ހައްލުކުރުމަށް އިންޖީނިއަރުންގެ ޓީމެއް މަސައްކަތް ކުރަމުން ދަނީ
 
ފުވައްމުލަކު ބޮޑު ސަރަހައްދެއްގައި ކަރަންޓެއް ނެތް

ކޭބަލްއަށް ގެއްލުންވެ ޏ. ފުވައްމުލަކު ސިޓީން ކަރަންޓުގެ ޙިދުމަތް މެދުކެނޑިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޏ. ފުވައްމުލަކު ދޫނޑިގަމް އަވަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށްޓަކައި ސްރީލަންކާގެ ސިއަރާ ކުންފުނީގެ ފަރާތުން ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެޗް.ވީ ކޭބަލްގެ ދެ ތަނަކަށް ގެއްލުންވެ ރަށުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައެވެ.

އެ މައްސަލަ ހައްލު ކުރުމަށް އިންޖީނިއަރުންގެ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފެނަކަ އިން ނެރުނު ބަޔާނުގައި ކަރަންޓު ކެނޑުނު ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ވަނީ މައުލޫމާތު ސާފުވާ ގޮތް ނުވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް