ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 14:57
ރައީސް ނަޝީދު
ރައީސް ނަޝީދު
މިހާރު
ރިޠާސީ އިންތިޚާބު 2018
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އދ. އިން ބުނެފި!
 
180 ދުވަހުގެ ތެރޭގައި ސަރުކާރުން ޖަވާބުދާރީވާން ޖެހޭ
 
އަލުން މައްސަލަ ބަލައި، ޝަރީޢަތް ކުރިއަށް ގެންދަން އެންގި
 
ރައީސް ނަޝީދުގެ ހައްޤުތައް ވަނީ ގެއްލިފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނަކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީ އިން ބުނެފިއެވެ.

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީއިން މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާއާ ހަވާލަދީ ބުނެފައި ވަނީ ރާއްޖެއިން ރައީސް ނަޝީދުގެ އެތައް ހައްޤުތަކެއް ގެއްލުވާލާލާފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން މުރާޖަޢާކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށެވެ.

މީގެ އިތުރުން އެމަނިކުފާނަށް އިންތިޚާބުތަކުގައި، އޭގެ ތެރޭގައި ރިޔާސީ އިންތިޚާބު ވެސް ހިމެނޭ ގޮތަށް، ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް އދ. އިން ވަނީ ބުނެފައެވެ. 

މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާގެ އޮޕަޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށް ކޮމިޓީއިން ހަދާން ކޮށްދީފައި ވެއެވެ. އަދި 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
47%
0%
41%
0%
12%
ކޮމެންޓް
16 އޭޕްރިލް 2018 | ހޯމަ 11:17
އަސްލު
ޔޫއެން އިން ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭ... ސީރިޔާއަށް ބޮން އެޅީ ޔޫއެންގެ ރެސޮލޫޝަންތަކާ ހިލާފަ. އިރާގަށް ބޮން އަޅާ އެތައް ބަޔަކު މަރާލާ ސައްދާމް ހުސެއިން އީދު ދުވެހެއްގައި ދަންޖެއްސީވެސް ޔޫއެން ގެ ގަރާރުތަކާއި ރެސޮލޫޝަންތަކާ ހިލާފަ، ޔޫއެންގެ ގަރާރުތަކާ ހިލާފަ ފަލަސްތީނު މީހުން މަރާ ހުސްކުރާއިރު ޔޫއެންއިން ކުރި ކަމެއް ނެތެ. ޔަމަންގެ އެތައް ބަޔަކު ސައުދީން ބޮން އަޅާ މަރާލި އިރު ކުރި ކަމެއް ނެތް. ނެރުނު ގަރާރެއްވެސް ނެތް. ޔޫއެންގެ އެއްވެސް ގަރާރަކަށް އެމެރިކާ، އިޒްރޭލް އަދީ އީޔޫ ބޮލެއް ނުލަނބާ، ޔޫއެންނަކީ ހަމައެކަނި ބޮޑެތި ޖަރީމާ ތައް ހިނގާނިމުނީމަށް ކަންބޮޑުވުން ފާޅުކޮށްލަން ހަދާފައިވާ ތަނެއް. ޔޫއެން އަށް މުހިއްމީ ނަޝީދަ ވެރިކަމަށް ކުރިމަތި ލެވުންތޯ؟ އެއީތޯ ޔޫއެންގެ މޭންޑޭޓަކީ؟ ޔޫއެން އިން ވަކިވާންވީ ދޯ؟
16 އޭޕްރިލް 2018 | ހޯމަ 10:27
ދުވާފަރު މީހާ
ހެލޯ ޔޫއެން... ޖަލުގަވެސް އެބަތިބި ކުރިމަތިލާން ބޭނުންވާ ބައިވަރު މީހުން