ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 14:46
އިލެކްޝަންސް ކޮމިޝަނުގެ އާންމު ޖަލްސާގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުގެ އާންމު ޖަލްސާގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ފްލޭނެއް އެކުލަވާލައިފި
 
ވޯޓު ފޮށި ތަންތަނުގައި ބަހައްޓާ އުސޫލު ވެސް ވަނީ އެކުލަވާލާފައި
 
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހު

ރިޔާސީ އިންތިހާބު 2018 އަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްލޭން ކޮމިޝަންގެ އާންމު ޖަލްސާ އިން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ 403 ވަނަ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައިވާ އިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރު ގައުމުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރިސޯޓްތައް އަދި ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނަކަށް އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވަނީ ހަމަޖައްސާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް އާންމުން ހޭލުންތެރި ކުރުމުގެ ޕްލޭނެއް އެކުލަވައިލާފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން އަންނަނީ، ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ޓްރެއިނިންގތައް ވެސް ކުރިއަށްގެންދަމުންނެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވޯޓު އޮފިޝަލުން ތަމްރީނު ކުރުމަށް ބޭއްވި ފުރަތަމަ ޓްރެއިނިންގ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ވޯޓު އޮފިޝަލުން ތަމްރީނު ކުރުމަށް މިމަހުގެ 24 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އަތޮޅު ތެރެއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް