ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 14:03
ފަރެސްމާތޮޑާގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓިފައި
ފަރެސްމާތޮޑާގެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓިފައި
ޓްވިޓަރ
ފަރެސްމާތޮޑާ
ފަރެސްމާތޮޑާގެ ބަނދަރުގެ މަސައްކަތް ނިމުނުތަނާ، ތޮށިގަނޑުން ބައެއް ވެއްޓިއްޖެ
 
ވެއްޓުނުތަން މިހާރު ވަނީ މަރާމާތުކޮށްފައި

ގދ. ފަރެސްމާތޮޑާގެ ބަންދަރުގެ މަސައްކަތް ނިމުނުތަނާ، އެ ބަނދަރުގެ ތޮށިގަނޑުން ބައެއް ވެއްޓިއްޖެއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުހައްމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބަނދަރުގެ އެތެރޭ ތޮށިގަނޑުގެ ޕޭވްމަންޓާ ދިމާލުން ބައެއް ވެއްޓުނު ކަމަށާއި ނަމަވެސް އެމްޓީސީސީން އެތަން މިހާރު މަރާމާތުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ އިރުމަތީ ތޮށިގަނޑުން ބައެއް ވެއްޓުނީ ބަނދަރު ފުންކުރުމުގެ ސަބަބުން، ވެލިގަނޑު ދަމައިގަތުމުން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ސައްރުﷲ ވިދާޅުވިއެވެ.

"ޕޭވްމަންޓާ ދިމާލުން ބައެއް ވެއްޓުނީ. އިރުމަތީ ހުރަސް ތޮށީގެ ކުޅުން ވެއްޓުނީ. ރިވެޓްމަންޓުގެ ވެސް އަޑި ވެލިތައް ދަމައިގަތީމަ އެ މައްސަލަ ދިމާވީ،" ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ. ހަތް މަހުގެ މަސައްކަތަކަށް ފަހު، އެ ރަށުގެ ބަނދަރު ވަނީ 12،70 ފޫޓަށް ބޮޑުކޮށްފައެވެ. އެ ބަނދަރަކީ ކުރިން 770 ފޫޓުގެ ބަނދަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
89%
0%
0%
0%
0%
11%
ކޮމެންޓް