ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 13:41
ޓާޓާ ފްލެޓް
ޓާޓާ ފްލެޓް
އަޒުމޫން އަހުމަދު
ޓާޓާ ފްލެޓް
ގާކޮށި އަދި ވޭސައިޑްގެ ފްލެޓްތައް ވިއްކާ ނިންމާލައިފި
 
105 ފްލެޓް ވިއްކުމަށް ވަނީ އިއުލާނުކޮށްފައި
 
ޓާޓާ ފްލެޓްތައް ގަތުމަށް ހުޅުވާލީ ޖެނުއަރީ މަހު

މާލޭގައި އިމާރާތްކޮށްފައިވާ ގާކޮށި އަދި ވޭސައިޑް ފުލެޓްތަކުގެ ތެރެއިން ވިއްކުމަށް ހުޅުވާލި ހުރިހާ ފްލެޓެއް ވިއްކާ ނިމިއްޖެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ޓާޓާ ފްލެޓްތަކުގެ ތެރެއިން ގަތުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސައްހަ ލިޔެކިޔުންތައް ހުށަހެޅި ފަރާތްތަކާ ގުޅިގެން ފްލެޓް ވިއްކުމުގެ އެންމެހާ މަރުހަލާތައް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެ ކަމަށެވެ. އެޗްޑީސީން ވަނީ އަރަބިއްޔާ އަދި ގާކޮށި ހުރި މިބުގައި އިމާރާޠްކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓެއް ވިއްކުމަށް އިއުލާނު ކުރިއެވެ. އެހެން ނަމަވެސް އެތައް ބަޔަކު ކިޔޫގައި ޖެހިގެން ތިއްބާ، ސަރުކާރުން ވަނީ އެވަގުތަށް ފްލެޓް ވިއްކުން ހުއްޓާލާފައެވެ. އޭގެ ފަހުން ސަރުކާރުން ފްލެޓް ވިއްކަން ފެށީ އޮންލައިކޮށެވެ. އޮންލައިންކޮށް ފްލެޓް ވިއްކަން ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި މަހުގެ 10 ވަނަ ދުވަހު އަލުން ފުރުސަތު ހުޅުވާލިއެވެ. އަދި ފްލެޓް ގަންނަން ބޭނުންވާ ކޮންމެ ފަރާތަކަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތުތައް ފުރިހަމަކުރަން 30 މިނިޓް ދީފައި ވެއެވެ. ފްލެޓްތައް ވިއްކާފައި ވަނީ ދެ މިލިއަން ރުފިޔާއަށެވެ.

ސޯޝަލް ހައުސިން ޔުނިޓްތަކެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތް ފެށި ޓާޓާ ފްލެޓްތަކުގެ ތެރެއިން ފްލެޓް ދިނުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ ވެށިފަހި ޕްރޮޖެކްޓްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށެވެ. އެހެން ނަމަވެސް، ފްލެޓް ލިބުނު ފަރާތްތަކަށް ބޮޑު އަދަދެއް ދައްކަން ޖެހުމުގެ ސަބަބުން، ގިނަ ފަރާތްތަކެއް ވަނީ ފްލެޓް ދޫކޮށްލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް