ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 13:34
ހީނާމާގެ ޕާކިން ސިސްޓަމް ނަޓުތަކުގައި ދަބަރު ޖަހާފައި
ހީނާމާގެ ޕާކިން ސިސްޓަމް ނަޓުތަކުގައި ދަބަރު ޖަހާފައި
މުހައްމަދު ޝަރުހާން
މެކޭނިކަލް ޕާކިން ސިސްޓަމް
ހީނާމާގެ ޕާކިން ސިސްޓަމް ދަބަރަށް ވާން ދޫކޮށްލާފައި
 
އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން ބަހެއް ނުބުނި
 
ޕާކިން 20 ސިސްޓަމް ބަހައްޓާނެ ކަމަށް ބުނި
 
ޕާކިން ސިސްޓަމް ބޭނުން ނުކުރާތާ ހަތް މަސް

ގ. ހީނާމާގޭގައި ހައުސިން މިނިސްޓްރީން ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުންނުކޮށް، ދަބަރަށް ވާން ދޫކޮށްލާފައިވާތާ ހަތް މަސް ވެއްޖެއެވެ.

ބަންޑާރަ ބިމެއް ކަމަށްވާ ގަލޮޅު ހީނާމާގޭގެ ހުޅަނގު ފަރާތުގައި ހައުސިން މިނިސްޓްރީން ބަހައްޓާފައި ވަނީ ސައިކަލް ޕާކިން ސިސްޓަމެކެވެ. އެއްފަހަރާ 100 ސައިކަލް ޕާކުކުރެވޭ، އެ ޕާކިން ސިސްޓަމް ބަހައްޓައި ޓެސްޓްތައް ހަދައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ވޭތުވެދިޔަ ހަތް މަހު އެ ޕާކިން ސިސްޓަމް ބޭނުންނުކޮށް، އަދި މަރާމާރު ނުކުރާތީ އެ ސިސްޓަމްގެ އެކި ތަންތަނުގައި ވަނީ ދަބަރު ޖަހަން ފަށާފައެވެ. އަދި ޕާކިން ސިސްޓަމް ހުރި ސަރަހައްދު ވަނީ ގޮނޑުވެފައެވެ. އަދި އެ ސަރަހައްދު މިހާރު ބޭނުންކުރަމުން ގެންދަނީ ވެމްކޯގެ ވެހިކަލްތައް ބެހެއްޓުމަށާއި ކުނި ޑަސްބިންތައް ޖަމާކުރާ ތަނެއްގެ ގޮތުގައެވެ. 

ހީނާމާގެ ޕާކިން ސިސްޓަމް

އެ ސިސްޓަމް ބޭނުން ނުކުރާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ ސުވާލު ކުރުމުން، އެ މިނިސްޓްރީގެ ތަރުޖަމާން އަހްމަދު ފަޒާލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހީނާމާގޭގައި 10 ކާރު ބާޕު ކުރެވޭ ގޮތަށް އިތުރު ޕާކިން ސިސްޓަމެއް ބަހައްޓާނެ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް 20 ޕާކިން ސިސްޓަމް ބެހެއްޓުމަށް ހަވާލުކޮށްފައި ވަނީ އެސްޓިއޯއާއެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކާރު ޕާކް ކުރުމަށް ހާއްސަ 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ 10 ޕާކިން ސިސްޓަމް ބެހެއްޓުމެވެ.

ހީނާމާގެ ޕާކިން ސިސްޓަމް
 

ނަމަވެސް މާލޭގައި ޕާކިން ސިސްޓަމް ބެހެއްޓީ ވެލާނާގޭ ޕާކިން ސަރަހައްދުގަޔާއި ހީނާމާގޭގައެވެ. ވެލާނާގޭ ޕާކިން ސަރަހައްދުގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ދަނީ ބޭނުންކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
33%
67%
ކޮމެންޓް