ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 11:04
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
ރާއްޖެއެމްވީ
ފުލުހުންގެ ތަހުގީގު
ފުލުހުން ކަރާ ފެޅުން ހުއްޓާލާފައި ރައްޔިތުންގެ އިތުބާރު ހޯދަންޖެހޭ: އަލީ ޒާހިރު
 
ފުލުހުންގެ ތަހުގީގުތަކާ މެދު ބައެއް ރައްޔިތުންނާއި ސިޔާސީ ގިނަ ފަރާތްތަކުގެ އިތުރުން ގިނަ ގާނޫނީ ވަކީލުން ވެސް ދަނީ ސުވާލު އުފައްދަމުން
 
އިއްޔެ ވިދާޅުވީ 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް
 
ޝިފާނު ވިދާޅުވީ ފެބްރުއަރީ 12 ވަނަ ދުވަހު 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް

ދިވެހި ފުލުހުންގެ މުއައްސަސާ އިން "ކަރާ ފެޅުން" ހުއްޓާލުމަށް ފަހު، ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކުގައި އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްގެން ގެންގުޅޭ، އެފަރާތްތަކާ މެދު ފުލުހުން ހިންގާ ތަހުގީގުތަކާ ބެހޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެންނެވެ. 

އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން އޮތް ކަމަށް ބުނާ ގެއަކުން ފެނުނު ކަމަށް ފުލުހުން ކުރިން ބުނި 3.4 މިލިއަން ރުފިޔާ ކުއްލި އަކަށް 38 މިލިއަން ރުފިޔާއަށް އިތުރު ވެއްޖެ ކަމަށެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހަޒާނާގައި ބަހައްޓަނިކޮށް، އިޝާހިތަކު ދައުލަތުގެ ދަރަނިތައް ދައްކާފައި، އިތުރު ވެސް ވެދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވެފައި ވެއެވެ. 

 

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީންގެ އެންމެވުމާ އެއްގޮތަށް ފެބްރުއަރީ 5 ގައި ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީީދު ހައްޔަރު ކުރުމަށް ފަހުން ފުލުހުން ހިންގާ ތަހުގީގުތަކާ ބެހޭ ގޮތުން އާދިއްތަ ދުވަހު ފުލުހުންގެ ތަރުޖަމާނު ޝިފާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ. 

ޝިފާނު އެގޮތަށް ވިދާޅުވިއިރު ފެބްރުއަރީ 12 ވަނަ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުން ދައްކާ ވާހަކަތަށް ދިމާނުވާ ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ޝިފާނުގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް