ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 14:40
އެންސީއޭ
އެންސީއޭ
މުހައްމަދު ޝަރުހާން
އެންސީއޭ
އޮފީސް ޓެލެޑްރާމާ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި
 
މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް

ނެޝަނަލް ސެންޓަރފޯ ދި އާޓްސް އެންސީއޭ އޮފީސް ޓެލެޑްރާމާ މުބާރާތް 2018 ގެ މީޑިއާ ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.

އެންސީއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެންސީއޭ އޮފީސް ޓެލެޑްރާމާ މުބާރާތް 2018 ގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުޅުވާފައި ނުވާތީ އަލުން އިއުލާން ކުރާ ކަމަށެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތް ބޭއްވުމުގެ މަގުސަދުގެ ގޮތުގައި އެންސީއޭ އިން ބުނެފައި ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.  

އެގޮތުން މިމަހުގެ 19 ގެ ނިޔަލަށް ހުޅުވާފައި ވާކަމަށް އެންސީއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ.

"މިއަހަރުގެ މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރްތާތަކަށް  އޭޕްރިލް 19 ވާ ބުރާސްފަތި ދުވަހުގެ 2018  14:00 ގެ ކުރިން އެފުރުޞަތު މިވަނީ ހުޅުވާލާފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ގެ ކުރިން މިސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ," އެންސީއޭގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް