ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 09:29
ޖަލަށް ލާފައިވާ ބައެއް ބޭފުޅުންގެ އަނބިކަނބަލުން
ޖަލަށް ލާފައިވާ ބައެއް ބޭފުޅުންގެ އަނބިކަނބަލުން
ފޭސްބުކް
ސިޔާސީ ހައްޔަރީން
ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުންގެ ފަރާތުން އަނެންކާ ވެސް ސަރުކާރަށް މެސެޖެއް!
 
ސިޔާސީ ބޭފުޅުންގެ ހައްގުތަށް ކަށަވަރުކުރުމަށް ދަނީ މަސައްކަތް ކުރަމުން
 
އެ ބޭފުޅުން ތިއްބެވީ އެކުވެރިކަމާއިއެކު ނުގުޑާ ފަދަ އަޒުމެއްގައި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި ސަބަބުތަކާ ގުޅިގެން ތަޙްގީގަށް ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާއި، އެމަނިކުފާނުގެ ވެރިކަމުގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންގެ އަނބިކަބަލުންގެ ފަރާތުން އަނެންކާ ވެސް ވަރުގަދަ މެސެއްޖެއް ދީފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުއްތަމަ ފަނޑިޔާރު ހަސަން ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އިތުރުން ބައެއް އެހެން ބޭފުޅުން ހައްޔަރުކުރުމާ އެކު، އެ ބޭފުޅުންގެ އަނބިކަނބަލުން އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ވަނީ އެކުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބަލުން އާދީއްތަ ދުވަހު އަނެންކާ ވެސް ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަނބަލުންގެ މި ބައްދަލުވުމަކީ ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުނަން ގާނޫނާއި ގަވައިދުތަކުން ލިބިދޭ ހައްގުތަށް ނުލިބޭތީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އެކަންކަން ސަމާލުކަމަށް ގެނެއުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. ހާއްސަކޮށް ބައެއް ސިޔާސީ ބޭފުޅުންނަން ކަނޑައެޅިފައި އޮންނަ އުސޫލުން އާއިލީ ބައްދަލުވުން ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމަށް މުއައްސަސާތަކާ ބައްދަލުކުރުން ހިމެނެވެ.

ފާރިސްގެ އަނބިކަނބަލުން އައިޝަތު ލީޝިޔާ އެމްޑީޕީ ހަރުގޭގައި

ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިކަނބިކަނބަލުން

މަރިޔަމް ރީމް (އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ އަނބިކަނބުން)

ޝާދިޔާ އާދަމް (ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ އަނބިކަނބަލުން)

މަރިޔަމް ނަޝްވާ (ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން)

އަފާފް އަބްދުލްމަޖީދު (ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން)

ނަޒްރާ ނަސީމް (ނަޒޫ) (ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ އަނބިކަނބަލުން)

އައިޝަތު މާޝާ (ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން)

ފަހުމާ އަހުމަދު (މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާނުގެ އަނބިކަނބަލުން)

ޔުމްނާ މައުމޫން (އަހުމަދު ނަދީމްގެ އަނބިކަނބަލުން)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
43%
43%
0%
14%
0%
0%
ކޮމެންޓް
16 އޭޕްރިލް 2018 | ހޯމަ 09:08
މައި މައި
މީ ޑެސްޕަރޭޓް ހައުސް ވައިވްސްތަ؟