ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 08:15
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ
މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާ
އެމްޑީޕީ
ސިޔާސީ ދައުވާ
ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައިފި
 
ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަބަދަލެެއް ވެސް ނުގެނުވޭނެ

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާ މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް, އެ ޝަރީޢަތް ހުއްޓާލުމަށް ޕްރޮސެކިއުޓާ ޖެނެެރެލަށް އެމްޑީޕީން ގޮވާލައިފިއެވެ. 

ކައުންސިލަރު އަޒްރާގެ މައްޗަށް ދައުވާކުރަނީ 27 ފެބްރުއަރީ 2018 ވަނަ ދުވަހު މަޖީދީމަގާއި ޖަނަވަރީ މަގު ކަންމަތީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެނެވެ. ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އަޒްރާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެެވެ.

ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އަޒްރާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ކުލަވަރު ޖެހިފައިވާ ދައުވާއެއް ކަމަށެވެ. އަދި އެ މުޒާހަރާ ހުއްޓުވައި ޤާނޫނާ ޚިލާފަށް ފުލުހުން ހުރަސްއަޅާފައި ވާތީ އާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ވަކިވަކި ފުލުހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރެލްއަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ބެލުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ. 

އެމްޑީޕީން ބުނީ ޤާނޫނު އަސާސީއާ ޚިލާފަށް ދައުލަތުން ހިންގާ ކަންކަމާ އިހްތިޖާޖްކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ކަމަށާއި، ސިޔާސީ ދައުވާތަކުން ބިރުދައްކުވައިގެން އަޒްރާގެ އިސްލާޙީ މަސަައްކަތަށް ކުޑަ ބަދަލެެއް ވެސް ނުގެނުވޭނެ ކަމަށެވެ. އަދި ސިޔާސީ ކަންމުގައި އަންހެނުންގެ ބައިވެރުވުން އިތުރުކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައިވާއިރު، އަޒްރާއަކީ ލާމަސީލު މިސާލެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް