ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 08:13
ދިއްދޫ ކައުންސިލްގެ އިދާރާ: ފުލުހުން ވަނީ ކައުންސިލްގެ އިދާރާއަށް ވަދެ ބަލައި ފާސްކޮށްފައި
ދިއްދޫ ކައުންސިލްގެ އިދާރާ: ފުލުހުން ވަނީ ކައުންސިލްގެ އިދާރާއަށް ވަދެ ބަލައި ފާސްކޮށްފައި
ރާއްޖެއެމްވީ
ހއ. ދިއްދޫ
ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރުން އެމްޑީޕީން ކުށްވެރިކޮށްފި
 
ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު ވަނީ ގަޑުބަޑުކޮށްފައި
 
ކައުންސިލް އިދާރާ ފާސްކޮށްފައިވަނީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި

ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ، އެތަން ފާސްކޮށްފައި ވަނީ ދިއްދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް ފުރައްސާރަކޮޮށް، ކައުންސިލްގެ ބާރުތައް ކަނޑުވައި، ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށް، ސިޔާސީ ބޭނުމެއްގައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ. 

ހއ. ދިއްދޫ ކައުންސިލްގެ އިދާރާއަށް ފުލުހުން ވަދެ ފާސްކުރުން ކުށްވެރިކޮށް، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ބަލަމުން އަންނަ މައްސަލައެއް ކަމަށް ބުނެ ކައުންސިލްގެ އިދާރާ ފާސްކޮށްފައި ވީނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާތީ އެއީ އެއްވެސް އުސޫލެއް ނެތި ސިޔާސީ ބޭނުމެއްގައި ހިންގާ ދެކޮޅު ނުޖެހޭ ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އަދި ފާއިތުވީ ފަސް އަހަރު ތެރޭގައި ސަރުކާރުގެ ޢަމަލުތަކުން ތަކުރާރުކޮށް ފެންނަމުން ދަނީ ލާމަރުކަޒީ ނިޒާމް ނައްތާލައި، ކައުންސިލަރުންގެ ބާރުތައް ހަނިކޮށް، ދައުލަތުގެ ހިންގުން މަރުކަޒީ ކުރަމުން އަންނަ މަންޒަރު ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ބަދަލުކޮށް މުޅި ނިޒާމު ވަނީ ގަޑުބަޑުކޮށްފައި ކަމަށާއި، އެ އަށް ފަހު ވެސް ކައުންސިލްތައް ސަރުކާރުގެ ބާރުގެ ދަށަށް ނުގެނެވުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތަކުގެ އިދާރާ އަށް ވެސް މިހާރު ވަންނަމުން ދާކަމީ ނުހަނު ކަންބޮޑުވާ ކަމެއް  ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިއްދޫ ރައްޔިތުންނާއި ކައުންސިލަރުންނަކީ އިސްލާޙީ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ސާބިތުކަމާ އެކު ފެށުނީއްސުރެ ތިބޭ ބައެއް ކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ. 

އެމްޑީޕީން ބުނީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑްކޮށް ޖިނާޢީ ކުށުގެ ތުހުމަތުކޮށް އެފަދަ ކަންކަން ކުރުމުން ރައްޔިތުންގެ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސްއެޅިފައި ވާކަމަށެވެ. އެހެންކަމުން އެހެންކަމުން ސިޔާސީ ގޮތުން ހިންގާ މިފަދަ ނާތަހުޒީބު ކަންކަމުގައި ފުލުހުން ބައިވެރިނުވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅި، މުޅި ރާއްޖެއަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުން ލިބިގެންދާނެ އެމްޑީޕީން ބުނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
16 އޭޕްރިލް 2018 | ހޯމަ 05:43
އައިމިނާ
އިއްޔެ ނިއުސްކޮންފަރެންސެކޭ ކިޔާފަ އެ ހާމަ ކުރީ އޭނަޔާއި އަދީބުއާ ދެމީހުންގެ ޕްލޭން އޭ. އަމިއްލަޔަށް ހުރިހާކަމެއް ފަޅާއަރަނީ. ދެން ރިލުވާނާއި އަފްރަޝިމްގެ މަރުގެ މައްސަލަވެސް އަމިއްލަޔަށް ހާމަކުރޭ..