ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 08:11
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ނިޔާޒް ބައިވެރިވެވަޑައިގެން
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ނިޔާޒް ބައިވެރިވެވަޑައިގެން
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުޚީ
ޤައުމު ހަލަބޮލިކޮށް، ޤައުމު މި ހާލަތަށް ވައްޓާލުމުގެ ޒިންމާ ނަގަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ނިޔާޒް
 
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންކުރަނީ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތް
 
ރައްޔިތުންނަށްޖެހިފައި އޮތީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މޮނީޓަރކޮށް، މެމްބަރުން ރެގިއުލޭޓްކުރަން
 
ދައުލަތް ކުޑަކަކޫ މައްޗަށް ތިރިކުރުވި އަދި އެކަން އުފަންކުރުވި ބަޔަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން

ޤައުމު ހަލަބޮލިކޮށް، ޤައުމު މި ހާލަތަށް ވައްޓާލުމުގެ ޒިންމާ ނަގަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. 

އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ ދައުލަތް ކުޑަކަކޫ މައްޗަށް ތިރިކުރުވި އަދި އެކަން އުފަންކުރުވި ބަޔަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން 60،000 ރައްޔިތުންގެ ޝާމިލްވުން ގެއްލުވާލައި، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑިގެއްލިއްޖެ ކަމަށް ކަނޑައެޅުމުގައި ޕީޕީއެމްއަށް އެހީތެރިކަން ދިން ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. 

އަލީ ނިޔާޒް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޕާޓީތައް ރެގިއުލޭޓްކުރުމުގެ ވާހަކަދައްކާއިރު، ރައްޔިތުންނަށްޖެހިފައި އޮތީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މޮނީޓަރކޮށް، މެމްބަރުން ރެގިއުލޭޓްކުރުމަށް ކަމަށެވެ. 

"މިވަގުތު އިލެކްޝަންސް ކޮމިޝަންގައި އެ ތިއްބެވި ފަސް މެމްބަރުންނަކީ، އަޅުގަނޑުމެން ރެގިއުލޭޓްކޮށް މޮނީޓާކުރަން ރަނގަޅަށް ފަހަތުން ދުވަންޖެހޭ ބައެއް" 

ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރާ ކަމަކީ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަން ބޭނުންކޮށްގެ އެމަނިކުފާނަށް އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

ނިޔަޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ތިބީ މި ހާލަތު ބަދަލުވެއްޖެ ނަމަ ގޮޅިތަކަށް ފެތޭ ފަދަ ހާލަތެއްގައި ކަމަށެވެ. އެހެންކަމުން ހާލަތު ބަދަލުވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބޭނުންނުވާ ކަމަށާއި، ނަމަވެސް ހާލަތު ބަދަލުވާނެކަން އެ މެމްބަރުން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި ހާލަތު ބަދަލުވުމަށް ފަހު ކޮންމެވެސް އެއްގޮތަކަށް އެ މެމްބަރުން ކުށްވެރިވެގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. 

"އިންތިހާބު އޮޅުވައެއް ވެސް ނުލެވޭނެ. އަޅުގަނޑުމެން އިރާދަކުރެއްވިޔާ އަޅުގަނޑުމެން ރައީސް ޔާމީން މި އިންތިހާބުގައި ބައިވެރިނުވެވޭ ފަދަ ގޮތަކަށް އަޅުގަނޑުމެން މާހައުލު ތަނަވަސްކުރާނަން" 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް