ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 11:12
ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން
ސިޔާދު ޤާސިމް ކޯޓަށް ގެނައުމަށް ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ : މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ސިޔާދު ޤާސިމް
ސިޔާދުގެ މައްސަލަ ބައްލަވަން ހަމަ ޖެއްސެވި ގާޒީ ބަދަލުކުރި ސަބަބު ހާމަކޮށްދޭން ނިންމަވައިފި
 
މައްސަލަ ބަލާ ފަނޑިޔާރު ވަނީ ބަދަލުކޮށްފައި
 
ސިޔާދު ފައިސާ ދިންކަން އެނގޭނެ ސިޓީއެއް ހަސަން ސައީދުގެ އެޕާޓްމަންޓުން ފެނުން ކަމަށް ވެސް ބުނޭ
 
ފަނޑިޔާރުނަށް 2.4 މިލިއަން ޑޮލަރުގެ ސިޔާދު ސޮއިކޮށް ދީފައިވާކަން އެނގޭ ކަމަށް ދައުލަތުން ބުނޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ކުރުމަށް އެންމެ ފުރަތަމަ ހަމަ ޖެއްސެވި ގާޒީ ބަދަލު ކޮށްފައިވާ ސަބަބު އޮޅުފިލުވާ ދިނުމަށް ފަހު ނޫނީ އިބްތިދާއީ އަޑުއެހުންތައް ނުފެށުމަށް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ ނިންމަވައިފިއެވެ.

ސިޔާދުގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުދިނުމުގެ ދައުވާއާ ގުޅިގެން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އެންމެ ފުރަތަމަ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް އާރިފު ހަވާލު ކުރެއްވީ ގާޒީ ހުސެއިން ޝަހީދު އަށެވެ. ނަމަވެސް މައްސަލަ ފަހުން ގާޒީ އަހްމަދު ހައިލަމް އާ ހަވާލު ކޮށްފައިވާއިރު އާދިއްތަ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ސިޔާދު ފަރާތުން ވަކީލުން ވަނީ ގާޒީ ބަދަލު ކުރެއްވި ސަބަބު ސާފުކޮށްދެން އެދިވަޑައިގެންފައެވެ.  

ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއް ސަލާމް ވަނީ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ ވަކީލުން ކޯޓުގައި އެދިފައިވާނެތޯ ސާފުކުރައްވާފައެވެ. އެހެން ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ގާޒީ ބަދަލު ކޮށްދޭން އެދިފައިނުވާނެ ކަމަށެވެ.    

އެއާ ގުޅިގެން ސިޔާދު ވަކީލުން ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކުރައްވާ ކަމަށްވާނަމަ ބަދަލު ކުރެއްވޭނެ ހާލަތްތަކެއް އަދި އެ ހާލަތުގައި އަމަލު ކުރަންވާނެ ގޮތްތަކެއް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އާއި ފަނޑިޔާރުންގެ ގާނޫނުގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އެންމެ ފުރަތަމަ ވިދާޅުވަމުން ގެންދެވީ އެ މައްސަލަ ބަލާ ގާޒީ ބަދަލު ކުރެއްވީ ކްރިމިނަލް ކޯޓާއި ހަވާލުވެ ހުންނެވި ގާޒީ ކަމަށާއި އެކަން ކޮށްފައިވަނީ ޝަރީއަތް ކުރުމާ ބެހޭ އުސޫލުތަކާ ހިލާފަށް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ގާޒީ ބަދަލު ކުރެއްވި ސަބަބު މައްސަލާގައި ހިމެނޭ ދައުވާ ކުރި ފަރާތަށާއި ދައުވާ ލިބޭ ފަރާތައް ސާފުކޮށްދޭން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ޝަރީއަތްތައް ކުރިއަށްދާނީ ޖިނާއީ އިޖްރާއަތާ ހިލާފަށް ކަމަށެވެ.

އެންމެފަހުން ގާޒީ ނިންމެވީ ސިޔާދުގެ ގާނޫނީ ޓީމުން ފާހަގަ ކުރެއްވި ގާނޫނީ ނުކުތާތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ގާޒީ ބަދަލު ކުރެއްވި ސަބަބު އޮޅުން ފިލުވާ ދިނުމަށް ފަހު އިބްތިދާއީ އަޑުއެހުންތައް ފެށުމަށެވެ. އެގޮތައް ނިންމުމަށް ފަހު މިއަޑުއެހުން ނިންމާލައްވާފައިވާއިރު ދެން އަޑުއެހުމެއް އޮންނާނީ ކޮންއިރަކުން ކަމެއް ނުބުނެ އެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާދުގެ މައްސަލަ ބަލާ ގާޒީ ބަދަލުކުރުމަށް ނިންމެވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހުންނެވީ ޗުއްޓީއެއްގައެވެ. އެހެންކަމުން އެ ބަދަލު ގެންނެވީ އެ މުއްދަތުގައި ކޯޓާއި ހަވާލުވެ ހުންނެވި ގާޒީއެވެ. 

ދައުލަތުން ސިޔާދުގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓެރޭޓަރ ހަސަން ސައީދު، މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ހ.ނިޝާންޕްލާޒާ ގޭގައި ހަސަން ސައީދު އުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބެކްޕެކްއެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލާ ކުންފުނީގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އަދި މުދާ ގަތުމަށް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލެއް ކަމަށްވާ ސ.ހުޅުދޫ، ކާމިނީގެ އަހްމަދު މިސްފިރުއާއެކު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އެ ސިޓީ އެނގޭ ކަމަށެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަދި އެހެންމެ އެ ދައުވާ ސިޔާދުގެ މައްޗަށް ކޮށްފައިވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދު ހިމެނޭ ގޮތަށް ސޮއިކޮށް އެކެއް ފެބްރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރެއްގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ވަގުތުން ވަގުތައް މިނިވަން ކުރުމަށް އަމުރުކޮށްފައި ވާތީ ހަސަން ސައީދުގެ ހިޔާޒަތުގެ ދަށުން ފެނުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީގައިވާ ފައިސާއަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ މުޤާބިލްގައި ދީފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.  

ސިޔާދު ހުންނެވީ އޭނާގެ މައްޗަށް ކުރާ މި ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް