އައްޑޫ ސިޓީ ލިންކް ރޯޑްގައި ދެ ސައިލަކެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ހިތަދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ (އެމްއެންޔޫ)ގެ ދަރިވަރުން ތިބޭ ދަނާލާއި ދިމާލުން ލިންކް ރޯޑުން ދެ ސައިކަލް ޖެހިގެންނެވެ.
.
މި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.
މައުލޫމާތުދިން މީހަކު ބުނީ މި އެކްސިޑެންޓްގައި އެތަނުން އެއް ސައިކަލް ދުއްވަން އިން މީހެއްގެ ކަނދުރާއަށް އަނިޔާވެފައިވާ ކަމަށާއި މީގެ އިތުރުން ވެސް އެކިވަރުގެ އަނިޔާތައް ދެ މީހުންނަށް ވެސް ލިބިފައިވާ ކަމަށެވެ.
އޭނާ ބުނީ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓްގެ އިތުރު މައުލޫމާތު ހޯދަމުންދާ ކަމަށެވެ.
އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލެއް ވިދާޅުވީ އެކްސިޑެންޓަކާ ގުޅިގެން ދެ ފިރިހެނަކު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.