ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 07:50
ގެއްލިގެން ހޯދަމުންދާ އިބްރާހިމް ޙަލީލު
ގެއްލިގެން ހޯދަމުންދާ އިބްރާހިމް ޙަލީލު
ފޭސްބުކް
ގެއްލިގެން ހޯދުން
ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި
ހުކުރަށް ދިޔަ ގޮތަށް ޚަބަރެއް ނުވޭ
އޭނާގެ ފޯނަކަށް ވެސް ނުގުޅޭ
އެންމެ ފަހުން ފެނުނީ ވިލިމާލޭ ކެފޭއަކުން

ވިލިމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ވިލިމާލެއިން ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށީ ނައިންފަރުގޭ، އުމުރުން 41 އަހަރުގެ އިބްރާހިމް ހަލީލެވެ.

އޭނާގެ ދަރިފުޅު، މަރިޔަމް އައްޒަ "ރާއްޖެއެމްވީ"އަށް ބުނީ އިއްޔެ ހުކުރު ނަމާދަށް ދިޔަ ގޮތަަށް ބައްޕަގެ ޚަބަރެއް ނުވާ ކަމަށެވެ. ގެއަށް ނާދެވި ލަސްވާ ނަމަ، ބައްޕަ ގުޅާނެ ކަމަށާއި ނަމަވެސް މިހާތަނަށް ބައްޕަގެ ޚަބަރެއް ނުވާ ކަމަށް އައްޒަ ބުންޏެވެ. އޭނާ ބުނީ ބައްޕަގެ ފޯނަށް ވެސް ނުގުޅޭ ކަމަށެވެ.

އެކުވެރިންނާއި ރައްޓެހިންނަށް އަންގައިގެން ބައްޕަ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް، އައްޒަ ބުނީ އޭނާގެ ބައްޕައަކީ ކަސްޓަމްސް ސަރަހައްދުގައި މަޖޫރީންގެ މަސައްކަތް ބަލަހައްޓާ މީހެއް ކަމަށެވެ.

އިބްރާހިމް ހަލީލުގެ ގެއްލުނުއިރު ސިއްހީ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާގެ ދަރިފުޅު ބުންޏެވެ. ހަލީލު ހޯދަން ކުރި މަސައްކަތް އާއިލާއަށް ކާމިޔާބުނުވުމުން، އެކަން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ޚަލީލްގެ އެންމެ ފަހުން ފެނުނީ ވިލިމާލޭ ގޯނބިލި ކެފޭ ތެރެއިން އޭނާގެ ރައްޓެއްސަކަށް ކަމަށް ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް