ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 05:10
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ގޫގުލް
ނެކްސްބިޒް
މުއްދަތު ހަމަވިއިރުވެސް ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު ސަރުކާރަށް ނުދެވުނު!
ފައިސާ ދައްކަން ދިން މުއްދަތު މާޗު މަހުގެ 19 ވަނަ ދުވަހަށް ވަނީ ހަމަވެފައި
ފައިސާ ނުދެއްކުމުން މައްސަލަ ސިންގަޕޫރުގެ ހައި ކޯޓަށް ހުށައެޅުމަށް ނެކްސްބިޒްއިން ދަނީ ތައްޔާރުވަމުން
އެ ފައިސާ ދައްކާފައިވާކަން މިހާތަނަށް ދިވެހި ސަރުކާރުންވެސް ހާމަކޮށްފައެއް ނުވޭ

ރާއްޖޭގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭގެ ބަދަލެއްގެ ގޮތުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި އެންގުމާ އެއްގޮތަށް, ދިވެހި ސަރުކާރުން ފައިސާ ދައްކާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

ނެކްސްބިޒް އެއްބަސްވުން އުވާލާފައިވަނީ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ އެއްބަސްވުން އުވާލުމަށް މިހާރު ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވެވި އެވެ. 

އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލުމުގެ ސަބަބުން ނެކްސްބިޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

ހުކުމާއި އެއްގޮތަށް ދިވެހި ސަރުކާރުން ފައިސާ ދައްކާފައިނުވާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކުރި 15 މިލިއަން ޑޮލަރުވެސް ސަރުކާރަށް ނުދެއްކުނު ކަމަށެވެ. އަދި އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ދެއްކުމުގެ ގާބިލްކަމެއް މިހާރު ދިވެހި ސަރުކާރުގައި ނެތްކަމަށާއި، މުޅި ޤައުމު ދަރުވާލާފައިވާކަމަށް އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ދައްކަން ނެކްސްބިޒްއިން ދިން މުއްދަތު މާޗް މަހުގެ 19 ވަނަ ދުވަހަށް ހަމަވެފައިވާކަމަށެވެ. އަދި ފައިސާ ނުދެއްކުމުން މި ސަރުކާރު ގޮވައިގެން ސިންގަޕޫރުގެ ހައިކޯޓަށް ދިއުމަށް ނެކްސްބިޒްއިން ތައްޔާރުވަމުން އަންނަ ކަމަށް އަމީތު ވިދާޅުވި އެވެ.

ނެކްސްބިޒްއަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރު ދައްކާފައިވާކަން މިހާތަނަށް ދިވެހި ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލާގައި ސަރުކާރުން އެންމެފަހުން ބުނެފައިވަނީ ފައިސާ ދެއްކުމާއިމެދު ގޮތެއް ނުނިންމާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލްގެ ނިންމުން ދިރާސާކުރަމުންދާ ކަމަށް އޭރު ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލީ، އެ އެއްބަސްވުމަކީ ދައުލަތަށް ގެއްލުން ބޮޑު އަދި ކުރިއަށް ނުގެންދެވޭނެ އެއްބަސްވުމެއް ކަމަށް ބުނެ އެވެ. އަދި ނެކްސްބިޒާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރާނެ ކަމަށް އެއިރުގެ ބަންޑާރަ ނައިބު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވެއެވެ.

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލި މައްސަލައިގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާއިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހެދި އެއްބަސްވުން ވެސް ދިވެހި ސަރުކާރުން އުވާލީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އާބިޓްރޭޝަނުން ވަނީ ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަންޖެހުނެވެ، 

ސަރުކާރުން ވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސް ކޮށްފަ އެވެ. ޖީއެމްއާރަށް ފައިސާ ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވުން 140 މިލިއަން ޑޮލަރު ނަގައިގެންނާއި އެއާޕޯޓް ކުންފުނިން ފައިސާ ނަގައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 އޭޕްރިލް 2018 | ހޮނިހިރު 00:39
Azee
misarukaarakee 15 milian dolar dhekkumuge qaabilukanq huri sarukaarehka. rayyithunnah saabithukodheefi MDP sarukaaru gai villain air port minivan kuran 300 million dollars dhekkee misarukaaru ahdiha Haas meehunnah boahiyaa ahikan hoadhadhenee Bridge alhamen dharumavantha hasfathaalu Cancer aai hulhuge operation raajjeyga kuranfeshee zuvaanunnah kiyevumaai vazeefaage furusathu bandun kollee