ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް އޭޕްރިލް 13 ވަނަ ދުވަހު ބޭއްވި ހަރަކާތުގެ ތެރެއިން މާލެތެރެ ސާފުކޮށްގެން މާލޭގެ މަގުތަކުން 1.7 ޓަނުގެ ކުނި، ޑޮކްޓަރުންތައް ހޮވައިފިއެވެ.
މި ހަރަކާތް ފަށާފައިވަނީ 70 ވަރަކަށް ޑޮކްޓަރުންނާއެކު އެ ދުވަހު ފަތިހު 5:45 ގައި މާލެ ޓްރެކް ސަރަހައްދުންނެވެ.
ޑޮކްޓަރުންތައް ކުނި ހޮވާފައިވަނީ ފަސް ކިލޯ މީޓަރަށް ބޭއްވި ދުވުމުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކަށް ހުއްޓި ކުނި ހޮވަމުންނެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން މި ހަރަކާތް ބާއްވާފައިވާއިރު އެ އެސޯސިއޭޝަންގެ ފަރާތުން ބުނީ އެކަހަލަ ހަރަކާތެއް ބޭއްވުމުގެ މަޤްސަދަކީ ކަސްރަތު ކުރުމަށް ޑޮކްޓަރުން ދޭ ލަފަޔާ އެއްގޮތަށް ޑޮކްޓަރުން ނަމޫނާ ދެއްކުމަށް ކަމަށެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން އިތުރަށް ބުނީ ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރުމަށް ކުޅިވަރު މުބާރާތްތަކެއް މިހާރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި މި މަހުގެ 18 ވަނަ ދުވަހު ހާއްސަ ޑިނަރ ނައިޓެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.އެވެ.
ޑޮކްޓަރުންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ.