ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އިންތިހާބަކަށްވާނީ އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދާއިރު، އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެގެންދާނީ ވޯޓު ކަރުދާސްކޮޅުގައި އަބްދުﷲ ޔާމީންގެ ނަން ނެތި އިންތިހާބު ބޭއްވިގެންކަމަށެވެ. އަދި އެއީ މިވަގުތަށްވެސް، ފަހަށްވެސް ތަނަވަސްވާންޖެހޭ މާހައުލުކަމަށް އަމީތު ވިދާޅުވި އެވެ.
Riyaasee inthikhaabu minivan insaafuveri inthikhaabakah vegen dhaanee vote karudhaahugai #Yameen ge nan nethi inthikhaabu beyvvigen.
— Mohamed Ameeth (@MohamedAmeeth) April 12, 2018
Mi vaguthah vves, fahunves thanavas vaanjehey mahulakee e'ee.https://t.co/r3SNQMrh6Z
އަމީތު އެގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް މިވަގުތަށް އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަދި ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވި އަހުމަދު ޝަރީފް ވިދާޅުވުމުން އެކަމަށް ރައްދުދެއްވަ އެވެ. ޝަރީފް ވިދާޅުވީ ރިޔާސީ އިންތިހާބު ފަސް ކުރުމާ ގުޅޭ ގޮތުން އެއްވެސް ކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށެވެ.