ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 15:29
ރައީސް ނަޝީދު: ރައީސް ޔާމީން ބަލި ކުރާނަން
ރައީސް ނަޝީދު: ރައީސް ޔާމީން ބަލި ކުރާނަން
ގޫގުލް
ރައީސް ނަޝީދު
އެއް ކެނޑިޑޭޓަކު ނެރެން ގުޅިފައިވާ ޕާޓީތަކުން އެއްބަސްވޭ:ރައީސް ނަޝީދު
 
ސަރުކާރުގެ ބޭފުޅުން ވިދާޅުވަނީ އެއް ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް
 
އިންތިޚާބު މިނިވަންކުރަން ކުރެވެން އޮތްހާ ކަމެއް ކުރާނަން
 
އަޅުގަނޑުމެން ރައީސް ޔާމިން ބަލިކުރާނަން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާ ކަމަށް އެ އިއްތިހާދުގެ އެއް ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއީ މިނިވަން އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ޕާޓީތަކުން ކުރާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ޕާޓީތައް އެއްބަސްވާ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނެ" ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކަށް އެއް ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ގުޅިފައިވާ ޕާޓީތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
17%
33%
0%
0%
ކޮމެންޓް