ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 17:42
އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް
އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
މުއައްސަސާތައް މަސައްކަތް ނުކުރާތީ އިންސާނީ ހައްޤުތަކަށް ގޮންޖެހުންތައް އެބަހުރި: އެޗްއާސީއެމް
 
އީނާސް ވިދާޅުވީ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނެއްގެ މުހިއްމުކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް
 
މިކޮންފަރެންސްގައި 20 ޤައުމަކުން 50 ފަރާތެއް ބައިވެރިވޭ
 
އީނާސް މިހެން ވިދާޅުވީ ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން

ރާއްޖޭގެ މުއައްސަސާތަކުން ރަނގަޅަށް މަސައްކަތް ނުކުރާތީ ރާއްޖޭގެ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރާއްޖޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ބުނެފިއެވެ.

ނޭޕާލުގައި ކުރިއަށްދާ، ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސާ އާމިނަތު އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި އެހެން ދިމާވަނީ ސަރުކާރުގެ މުއައްސަސާތަކުން ރަނގަޅަށް މަސައްކަތް ނުކުރާތީ ކަމަށެވެ.

ޖުމްލަ 20 ޤައުމަކުން 50 ފަރާތެއް ބައިވެރިވާ މި ކޮންފަރެންސްގައި އީނާސް ވިދާޅުވީ ސަރުކާރުގެ މުއައްސާސަތައް ރަނގަޅަށް ފަންކްޝަން ނުކުރުމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ހައްގުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަށް މަޑުޖެހުމެއް އަންނަ ކަމަށެވެ. އަދި ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނެއްގެ މުހިއްމުކަން އިންތިހާއަށް ބޮޑުވެފައި މިވަނީ އެހެންވެ ކަމަށް ވެސް އީނާސް ވަނީ ވިދާޅުވެފައެވެ.

މިކޮންފަރެންސްގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، އަފްޣާނިސްތާން، ބަނގްލަދޭޝް، ސްރީލަންކާ، މެލޭޝިޔާ އަދި މިޔަންމާ ހިމެނެއެވެ. މިއީ ނޭޕާލްގެ ހިއުމަން ރައިޓްސް ކޮމިޝަން، އޭޝިޔާ ޕެސިފިކް ފޯރަމް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ނޭޕާލްގެ ގަވަރނަންސް ފެސިލިޓީ އިން އިންތިޒާމް ކުރާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ އަމާޒަކީ އިންސާނީ ހައްޤުތަކުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ދިމާވާ ދަތިތައް އެފަރާތްކޮށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ ބައިނަލް އަޤްވާމީ މުއާހަދާތައް ތަންފީޒްކޮށް ޤާނޫނުތަކުގެ ތެރޭގައި ހިމެނުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ. މިކޮންފަރެންސް އިފްތިތާހް ކޮށްދެއްވީ ނޭޕާލްގެ ރައީސް ރިޓަޔަޑް އޮނަރަބަލް ބިދްޔާ ދޭވީ ބަންޑާރީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް
11 އޭޕްރިލް 2018 | ބުދަ 18:47
Sahdhaam
Dhen isthiufaa dheefi geyah dhaan v nu?