ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 17:07
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް ޓްވިޓާ
ފެނަކަ ކޯޕަރޭޝަން
15 ބުރީގެ ޓަވަރެއް އަޅާނެ ބަޔަކު ހޯދަން ފެނަކައިން އިއުލާނުކޮށްފި
 
އަޅަނީ 12،000 އަކަ ފޫޓުގެ ޓަވަރު
 
ޓަވަރު އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ރެޒިޑެންޝަލް ޓަވަރެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ

ފެނަކައިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ޓަވަރު އެޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. 12،000 އަކަ ފޫޓުގެ ޓަވަރު އެޅުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުން ވަނީ 15 ބުރީގެ ދެ ޓަވަރު އަޅަން އިއުލާނުކޮށްފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ހުޅުމާލޭގައި ޓަވަރު އަޅަން އިއުލާނުކޮށްފައިވާއިރު، ބައެއް ޓަވަރުތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މީގެ އިތުރުން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން 7000 ފްލެތް އިމާރާތްކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ. މިއީ 423 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. މި ފްލެޓްތައް ދޭނެ ގޮތް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް