ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 16:31
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ
ގޫގުލް
ޓުއަރ ގައިޑުން ތަމްރީނު ކުރުން
އައްޑޫ އާއި ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދަށް ޓުއަރ ގައިޑުން ތަމްރީނު ކުރަނީ!
 
މިއީ ސީސީއޭޕީގެ ދަށުން ހިންގާ ޕްރޮގްރާމެއް
 
މި ތަމްރީނު ޕްރޮގްރާމުގައި ކޮންމެ ސިޓީއަކުން 5 ޓުއަރ ގައިޑުން ތަމްރީނު ކުރެވޭނެ

އައްޑޫ އާއި ފުވައްމުލަކުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ހަރަކާތްތެރިވާނެ ޓުއަރ ގައިޑުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ އައްޑޫ އަދި ފުވައްމުލަކުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުގައި ހަރަކާތްތެރިވާނެ ޓުއަރ ގައިޑުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން އައްޑޫ ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދުގައި ޓުއަރ ގައިޑުން ތަމްރީން ކުރެވޭނެ ކަމަށެވެ.

އެގޮތުން އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫ ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާހައުލާއި އަދި އާސާރީ ތަންތަނާ ގުޅޭ މައުލޫމާތު ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދިނުމަށް ޓުއަރތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެއެވެ.

ފުވައްމުލަކުގައި ހިންގާ މަޝްރޫއުގައި ބަންޑާރަ އަދި ދަޑިމަގު ކިޅި ހިމެނޭ ގޮތަށް ފުވައްމުލައް ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާހައުލާއި އަދި އާސާރީ ތަންތަނާ ގުޅޭ މައުލޫމާތު ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދިނުމަށް ޓުއަރތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ޕްރޮގްރާމު އައްޑޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުވައްމުލަކުގައި މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ 30 އޭޕްރީލުން މެއި 02 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޯހުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގައި  ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ފަސް ފަރާތަކަށް އިސްކަން ދެވޭނެ ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް