"އެސްއެމްއީ ލޯން"ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި ފަށާފައިވާ ވިޔަފާރިތަށް ފުޅާކުރުމަށް ދޫކުރުމަށް ދޫކުރާ އެސްއެމްއޯ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ އާދީއްތަ ދުވަހުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ އެސްއެމްއީ ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 50 މިލިއަން ރުފިޔާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ލޯނު ދޫކުރުމުގައި އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް، ނުވަތަ އެފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނަ ވިޔަފާރިތަކަށް؛ ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކާ ގުޅޭ ވިޔަފާރިތަކަށް؛ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވާ އެހެން ރަށްރަށުގައި ވިޔަފާރިކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނެކަމަށެވެ. އަދި އެސްއެމްއީ ލޯން ދޫކުރަނީ ވަކި އުމުރުފުރައެއް ނެތި، 100 ޕަސެންޓު ދިވެހީން ހިއްސާވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ލޯނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނަނީ އޭޕްރިލް 8 އަކުން ފެށިގެން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.