ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 09:21
އިލެކްޝަން ކޮމިޝަނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލުކުރަނީ
އިލެކްޝަން ކޮމިޝަނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލުކުރަނީ
ޓްވިޓަރ
އިލެކްޝަންސް ކޮމިޝަން
ވަކިވަކިން ޕާޓީތަކާއި ބައްދަލުކުރަން އަންގާރަ ދުވަހު ފަށަނީ
ބައްދަލުކުރަނީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން
ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ
ބައްދަލުވުންތަކުގެ ސެޑިއުލެއް ހާމަކޮށްފައެެއްް ނުވޭ

ސިޔާސީ ޕާޓީތަކާއި އެއްފަހަރާ ބައްދަލުކުރުމުގެ ބަދަލުގައި، އަންގާރަ ދުވަހު ޕާޓީތަކާ ވަކިވަކިން ބައްދަލުވުންތައް ބާއްވަން ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ، ހުރިހާ ސިޔާސީ ޕާޓީތަކާއި އެކުގައި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިއުމަށެވެ. ބުރާސްފަތި ދުވަހު ސިޔާސީ ޕާޓީތަކާއިއެކު ކުރިއަށް ބާއްވަން އުޅުނު އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު، ޕާޓީތަކާއެކު އެއް މޭޒެއްގެ ދޮށުގައި ތިބެ ވާހަކަ ދައްކައިގެން މަޝްވަރާ ކުރުމުގެ ބަދަލުގައި ވަކިވަކިން ބައްދަކުރާ ގޮތަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުން އަންނަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ޕާޓީތަކާއި ވަކިވަކިން ބައްދަލުކުރަން ނިންމީ، ވީހާވެސް ގާތުން ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަށް ކަމަށާއި، ޕާޓީތަކަށް މިހާރު ދައުވަތު ވެސް ފޮނުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ބޭނުމަކީ، ވީހާވެސް ގާތުން ޕާޓިތަކާއި ބައްދަލުކުރުން، އެއްފަހަރާ ހުރިހާ ޕާޓީތަކާއި ބައްދަލުކުރާނަމަ ލިބެނީ ކުޑަ ވަގުތުކޮޅެއް، ވަކިވަކިން ޕާޓީތަކާއި ބައްދަލުކޮށްފިނަމަ ވަގުތު ލިބޭނެ މައުލޫމާތު ހިއްސާކުރަން،" އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މި ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތައް މޮނިޓާކޮށް، ރެގިއުލޭޓްކުރިމުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނެތުމާއި ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްގެން ގެންގުޅޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި، ގާނޫނު އަސާސީއާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި އޮތުމުން ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް