ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 08:04
ސިފައިން ނަސްރުގެ ދުވަހުގައި ބޭއްވި ދުވުން
ސިފައިން ނަސްރުގެ ދުވަހުގައި ބޭއްވި ދުވުން
މުހައްމަދު ޝަރުހާން
ސިފައިންގެ އަހަރީ ދުވަސް
ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަނީ
ދުވުމުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި
ދުވުން ކުރިއަށްދަނީ ތިން ކެޓަގަރީއަށް ބަހާލައިގެން
ދުވުން ބާއްވަނީ އޭޕްރީލް 21 ވަނަ ދުވަހު

ސިފައިންގެ126  ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، "126 ރަން" ނަމުގައި، ސަދަން އޭރިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ދުވުން އޮންނާނީ މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެ 16:00 ގައި ކަމަށެވެ.

ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 09 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ރަޖިސްޓްރީވަން ބޭނުންވާ ފަރާތްތަކަށް ސ. ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަހައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ފޯމް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ދުވުން ތިން ކެޓަގަރީއަށް ކަނޑައެޅިފައިވާއިރު ފަސް ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މި ކެޓަގަރީތަކުގެ ތެރެއިން ޓީމު އިވެންޓްގައި ބައިވެރިވެވޭނީ ފަސް ދުވުންތެރިންގެ ޓީމަކަށެވެ.

މި ދުވުމުގައި، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޭޕްރިލް 2018 | ހޯމަ 11:38
ކޮންމެހެން ދެކެން އުޅޭނެކަމެއް
ކޮންމެހެން ދެކެން އުޅޭނެކަމެއް ނެތް