ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 04:16
ރާއްޖެޓީވީގެ ފަލަސުރުހީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފަލާހް
ރާއްޖެޓީވީގެ ފަލަސުރުހީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފަލާހް
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ
ކެމްޕޭން ކުރަންޖެހެނީ ވަކި މީހެއްގެ ފޮޓޯއެއް ހިފައިގެންނެއް ނޫން، މިހާރުވެސް މި ކުރަނީ ކެމްޕޭން: ފަލާހް
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިކުރަނީ ކެމްޕޭން
ކެމްޕޭން ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް ހުންނާނެ
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން 20 އިންސައްތަ ވައުދުވެސް ފުރުހަމަކޮށްފައިނުވޭ

ކެމްޕޭން ކުރަންޖެހެނީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން ނޫން ކަމަށާއި،  ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރުވެސް ކުރިއަށްގެން ދަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބާގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ފަލާހް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން، ކެމްޕޭން ކުރައްވަމުންގެންދަވާ ކަމަށެވެ. އެމްޑީޕީ ހަރުގޭގައި ކުރިއަށްގެންދާ ހަރަކާތްތަކަކީވެސް ކެމްޕޭންގެ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަލާހް ވިދާޅުވީ ކެމްޕޭން ކުރަންޖެހޭނީ، ވަކި މިހެއް ދައްކައިގެން ވަކި މީހެއްގެ ފޮޓޯއެއް ހިފައިގެން ނޫން ކަމަށެވެ. ކެމްޕޭން ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް އޮންނަ ކަމަށާއި، ކެމްޕޭން ކުރާ ގޮތް ފަހުން ބަދަލުކުރަންޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިކުންނާނީ އެއް ކެނޑިޑޭޓާ އެއްކޮށް އެނގޭތޯ. އަޅުގަނޑުމެންގެ އެ ކަންތައްތަކުގެ ހުރިހާ ރޭވުންތަކެއް މިހާރު އެ ކުރިޔަށްދަނީ." މެމްބަރު ފަލާހް ވިދާޅުވި އެވެ. 

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކުގެ ތެރެއިން 20 އިންސައްތަ ވައުދުވެސް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކޮށް ފަލާހް ވިދާޅުވީ ވައުދުތައް ފުރިހަމަ ނުކުރަކަމުގެ ހެއްކަކީ މިއަދު މަސްވެރިން އުޅެމުންދާ ހާލު ކަމަށެވެ. ފަލާހް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކައާއި އަމަލު އެއްވެސް ވަރަކަށް ދިމާނުވާކަމަށެވެ. އެގޮތުން ބެޔަސް ނުބެޔަސް ދޭނެ ކަމަށް ވައުދުވި ފައިސާ ވެސް ނުދޭ ކަމަށާއި، ސަރުކާރުން މިހާރު ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ފަލާހް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް