ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 04:22
ގުޅިފައިވާ ޕާޓީތަކުގެ އިހްތިޖާޖް ތެރެއިން
ގުޅިފައިވާ ޕާޓީތަކުގެ އިހްތިޖާޖް ތެރެއިން
އަހުމަދު މުހުސިނު
ގުޅިފައިވާ އިދކޮޅު ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެ ރޭ ވެސް އިހުތިޖާޖްކޮށްފި
އިހްތިޖާޖް ފެށުނީ ރޭ 10:30 ގައި
ހޯމަ ދުވަހުގެރޭ ކުނޫޒްގައި އިހްތިޖާޖް އޮންނާނެ

ގުޅިފައިވާ ޕާޓީތަކުން އާދީއްތަ ދުވަހުގެ ރޭވެސް މާލޭގައި އިހްތިޖާޖްކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭގެ އިހްތިޖާޖް ފެށުނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި 10:30 ގައެވެ. އެމްޑީޕީ ހަރުގެއިން ލަވަޔާއެކު ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި ވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އިއްތިފާގުން ނެރެފައިވާ އަމުރު ތަންފީޒް ކުރުމަށާއި ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަޑު އުފުލާފައެވެ.

އެމްޑީޕީ ހަރުގެ ކުރިމަތިން ދުއްވާ އެއްޗިއްސަށާއި މަގު ހިނގާ މީހުންނަށް އެއްވެސް ވަރަކަށް ދަތިނުވާނޭ ގޮތަށް ބޭއްވި އިހްތިޖާޖް 11:30 ގައި ނިންމާލިއިރުވެސް އިހްތިޖާޖް ހުއްޓުވާކަށް ފުލުހުން އައިސްފައެއް ނުވެއެވެ. އަދި ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ ގޮތުންވެސް އެއްވެސް ވަރަކަށް ފުލުހުން ހަރަކާތްތެރިވެފައެއް ނުވެއެވެ.

ހޯމަ ދުވަހުގެ ރޭ އިހްތިޖާޖު ބޭއްވުމަށް ނިންމާފައި ވަނީ މ ކުނޫޒުގަ އެވެ. 

ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުނުކޮށް ދިވެހި ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރއާއި ބައެއް ފުލުހުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

އަމުރު ތަންފީޒް ނުކުރުމާއެކު ގުޅިފައިވާ ޕާޓީތަކުން ގެންދަނީ ސިލްސިލާކޮށް ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެދިފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ، ސުޕްރީމް ކޯޓް އަމުރު ތަންފީޒު ނުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށެވެ. މިއީ ރާއްޖޭގެ ތާރީޚްގައި އުއްތަމަ ފަނޑިޔާރަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. 

ސުޕްރީމް ކޯޓްގެ އަމުރަކީ އެންމެ ފަހު ބަސް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، އެކަމަށް ޔާމީންގެ ސަރުކާރުން ގޮން ޖައްސަވައި، ކޯޓްތަކާއި ރައްޔިތުންގެ މަޖިލިސް ވަނީ އަސްކަރިއްޔާ މެދުވެރިކޮށް ހިސޯރުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް