ކ. މާލެ
|
8 އޭޕްރިލް 2018 | އާދީއްތަ 22:13
މަރުވި ނާޝިދުގެ ހަށިގަނޑު ގެންދަނީ
މަރުވި ނާޝިދުގެ ހަށިގަނޑު ގެންދަނީ
ރާއްޖެއެމްވީ
ނާޝިދުގެ މަރު
ނާޝިދު މަރުވީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނެފި
ނާޝިދު މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހު
ނާޝިދުގެ ހަށިގަނޑު ގއ ވިލިނގިލީ ހޮސްޕިޓަލަށްވެސް ގެންދިޔަ

ގއ. މާމެންދޫ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ހޮނިހިރު ދުވަހު ފެނުނު މީހާ މަރުވީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފިއެވެ.

މާމެންދޫ ފަޅު ތެރޭ، އެރަށު ނެރު ބައްތި ކައިރީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މާމެންދޫ، މޫންލައިޓްވިލާ އުމުރުން 38 އަހަރުގެ މުހައްމަދު ނާޝިދެވެ.

ބައެއް މީޑިއާތަކަށް ޢާއިލާއިން ބުނި ގޮތުގައި ނާޝިދު މަރުވީ ފިޓް ޖެހިގެން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ނާޝިދުގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރިއެވެ. އަދި ފުލުހުން އޭނާގެ ހަށިގަނޑު ގެންގޮސްފައިވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލަށެވެ. ކުރިން މީހަކާ އިނދެ ދަރިން ވެސް ލިބިފައިވާ ނާޝިދަކީ އެރަށުގައި މަސްވެރިކަން ކުރާ މީހެކެވެ.

މާމެންދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ނާޝިދުގެ ހަށިގަނޑު މޫދުން ނެގި އިރު އޮތީ ހަށިގަނޑު ހަރުވެފައެވެ.

މާމެންދޫ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް