ކ. މާލެ
|
7 އޭޕްރިލް 2018 | ހޮނިހިރު 17:54
އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
ޓްވިޓަރ
މެމްބަރު މުހައްމަދު ޝާހިދު (ޝާ
ތަރައްގީ ވެގެންގޮސް މަސްބާނަން ބުޅީގައި އަޅަނީ ވެސް އާފަލާއި އޮރެންޖް: މެމްބަރު ޝާޑު
ރާއްޖެ ތަރައްގީވެފައި ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ
ރައީސް ޔާމީނާއި މެޑަމް ފާތުން ކުރައްވާ މަސައްކަތްޕުޅަކީ ރަނގަޅު ޖީލެއް ބިނާ ކުރުމުގެ މަސައްކަތް

ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ތަރައްގީ ކުރައްވައިފި ކަމަށާއި ރާއްޖެ ތަރައްގީ ވެގެންގޮސް މަސްވެރިން މަސް ބާނަން ބުޅީގައި އަޅަނީ ވެސް އަފަލާއި އޮރެންޖް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެމުން ލ. އަތޮޅުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވީ ރާއްޖެ ތަރައްގީ ކޮށްފައި މިވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި އެހެންކަމުން އިތުރަށް ތަރައްގީ ކުރުމަށް އިތުރު ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. 

"ތަރައްގީގެ ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. އިއްޔެ އަޅުގަނޑު ދަތުރު ކުރަމުން އައީ ފޮނަދޫން ފެށިގެން ގަމާ ހަމައަށް. އައި މަގުމަތީގައި ވަރަށް ރީތި މޫދެއް ފެނިގެން އަޅުގަނޑު އަހާލިން އަޅުގަނޑާ އެކު ދަތުރު ކުރެއްވި މިހިސާބުގެ ކުއްޖެއް ކައިރިން. ކޮބާ ކިހިނެއްތޯ މިތާނގެ މަސްވެރިކަމާ އެއްޗެހި. ވިދާޅުވި ވަރަށް ރަނގަޅޭ، އަޅުގަނޑު ދެންނެވިން ކޯއްޗެއްތޯއޭ ބުޅީގައި އަޅަނީ. ވިދާޅުވީ ބުޅީގައި މަސް ބާނަން ބުޅީގައި އަޅަނީ އާފަލާއި އޮރެންޖޭ. މިހިސާބުން އިތުރު ވާހަކައެއް ދައްކާކަށް ނެތިން. މިހިސާބަށް ތަރައްގީ އައިސްފައި އޮތް މިންވަރު ތިޔަބޭފުޅުންނަށް ހާމަވެގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާޑު ވިދާޅުވީ ރާއްޖެއަށް ތަރައްގީގެއް އައިސްފައި ވަނީ މިފާއިތުވިދިޔަ ހަތަރު އަހަރު ކަމަށް ބުނުމަކީ ދޮގެއް ނޫން ކަމަށެވެ. 

ޝާޑު ވިދާޅުވީ ވަރަށް ނުރައްކާތެރި އަދި ދަތި އުނދަގޫތަކާ އެކު ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތި އިބްރާހީމްދީދީ ކުރައްވަމުންގެންދަވާ މަސައްކަތަކީ މިގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށާއި ރަނގަޅު ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 އޭޕްރިލް 2018 | ހޮނިހިރު 13:53
ކުޅީކުކުޅު
Aharemen bulheega alahany thihoory
7 އޭޕްރިލް 2018 | ހޮނިހިރު 13:53
އިސްފިރޭނު ސޯޓު
Mas baanan bulheegai alhanee thijoory