ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 07:27
ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް
ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް
މުރުޝިދް އަބްދުލް ހަކީީމް
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށްތަކެއް ވީރާނާކޮށްފި: ޑރ. މައުސޫމް
ސަރުކާރު ވަނީ ގައުމު އިނދަޖައްސާލާފައި
ރައްޔިތުންނަށް ބޭނުންވާ ތަަރައްގީއެއް ފެންނަން ނެތް
ސަރުކާރުވަނީ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފެއިލްވެފައި

ރައްޔިތުންގެ ފައިސާއިން އިސްރާފުގެ ބިނާތައް އަޅަމުންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާ އިރު ރައްތަކުން ފެންނަނީ ވީރާނާ ވެފައިވާ މަންޒަރު ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ، ސަރުކާރުން ގައުމުގެ ހިންގުމާ ހަވާލުވުމަށް ފަހު ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ރަށުގައި ހަމަޖެހިގެން އާއިލާއާ އެކު އުޅެވޭނެ މަގު ތަނަވަސްކޮށްދެއްވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމުގެ ރަށްތަކަށް ބަލާލަމުން ފެންނަމުން ދަނީ ރަށުގެ ގޯތިތައް ފަޅުވަމުންދާ މަންޒަރު. ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އަދި މުޅި މާލެއަށް ހުރިހާ އެންމެން ޖަމާކޮށް ތޮއްޖެއްސުމުގެ ސަބަބުން ރަށްރަށް ދޫކޮށް ރައްޔިތުން އަންނަނީ މާލެ. މާލެއަށް އަންނަންޖެހުމުން އެކަމުގެ ތަކްލީފު ހުރިހާ ރައްޔިތުން ދަނީ އުފުލަމުން. ރާއްޖޭގެ ރައްޔިތުން މާލޭގައި ދިރިއުޅެންޖެހުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ވަރަށް ބޮޑު ޖިހާދެއް ދަނީ ކުރަމުން. ދިރއުޅުމުގައި ރަނގަޅަށް ނިދާލެވެނީކީ ނޫން. މަގެއް މަތީ ހިނގާ ލެވެނީކީ ނޫން. އެއްވެސް ކަހަލަ އިންސާފެއް ރަށު ތެރޭގައި އޮތީކީ ނޫން." މައުސޫމް ވިދާޅުވިއެވެ.

 މައުސޫމް ވިދާޅުވީ، މާލޭގައި އަމާން މާހައުލެއް ނެތް އިރު ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރަނގަޅު ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މަތި މައްޗަށް ކުދި ކުދި ފްލެޓް އަޅަމުންދާ ކަމަށާއި ރާއްޖޭގެ މުޅި އާބާދީ ކޮތަރު ކޮށްޓެއްގައި ގެންގުޅެން ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި ދިވެހިން ދިރިއުޅެން ބޭނުންވާ ގޮތް ނޫން ކަމަށާއި ދިވެހިން ބޭނުންވާނީ ދިރިއުޅޭ ގޭގައި ގަހެއް އިންދާލައިގެން ހަމަޖެހޭ ދިރިއުޅެއް އުޅެން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު 11 އާހަމައަށް ސަރުކާރު ދެމި އޮންނަ ހަމައެކަނި ސަބަބަކީ ކަނޑި ބަޑީގެ ބާރު ބޭނުން ކޮށްގެން ކަމަށާއި މި ސަރުކާރު ގައުމު ހިންގުމުގައި ފެއިލްވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޭޕްރިލް 2018 | ހުކުރު 02:29
Heyo
dheloa kanuveema tharaggee eh nufennaane