ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 23:21
ރައީސް ޔާމީން: ކާޑުގެ އަގަށް ގެނައި ބަދަލު އިހު ހުރިވަރާ އެއްވަރު
ރައީސް ޔާމީން: ކާޑުގެ އަގަށް ގެނައި ބަދަލު އިހު ހުރިވަރާ އެއްވަރު
ޓްވިޓަރ
ރިޕޯޓް
ހެޔޮފުޅުކަން ދައްކަން ސަރުކާރުން އުނބަށް!
ކާޑުގެ އަގު ބޮޑު ކުރީ އާދައިގެ ހަނޑޫ ބިދޭސީން ކާތީ
ކައުންސިލް އިންތިޚާބާ ދިމާކޮށް ގެނައި ބަދަލު ރައްޔިތުން ބަލައެއް ނުގަތް
މިފަހަރު ގެނައި ބަދަލުން އިހު ހުރިވރަށް ވުރެ ހެވެއް ނުވި

"މުއިއްޒު ވުން" މިއީ މިހާރު ބައެއް މީހުން މިސާލު ބަހެއްގެ ގޮތުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެމާނައިގާ އެބަސް ބޭނުންކުރާ މީހުން ބުނެއުޅެނީ އެއީ ކަމެއް ދެފަހަރަށް ކުރަން ޖެހުން ކަމަށެވެ. މިސާލަކަށް މަގެއް ބަންދުކޮށް އަލުން އެމަގު ހުޅުވުން، ހުޅުދާން ބަގީޗާއެއް ހަދާފައި ހަމަ އެތަން އެހެން ޕާކަކަށް ބަދަލު ކުރުން ފަދަ ކަންކަމެވެ. އިތުރު އެހެން މާނައެއްގައި ވެސް އެ ބަސް ބޭނުންކުރެއެވެ. އެއީ ކުރާ މަސައްކަތެއް ތަކުރާރުކޮށް ކުރަންޖެހުމެވެ. މިސާލަކަށް ރަސްފަންނުގެ ދުވާ ޓްރެކް އިރުއިރުކޮޅާ މަރާމާތުކުރަން ޖެހުން ހިމެނެއެވެ. 

ރައީސް ޔާމީންގެ ސަރުކާރުން ދަނީ އެފަދަކަންކަން ކެނޑިނޭޅި ކުރަމުންނެވެ. އެފަދަ ކޮންމެ ކަމެއް ކުރުމާ އެކު ޢާއްމުންނަށް ބައެއް ފަހަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއެވެ. އިސާހިތަކު ރައްޔިތުންގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވަނީ މަދެއްކޮށެއް ނޫނެވެ.

އެފަދަ ވަގުތަތަކުގައި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެންބަރުންނާއި ވަޒީރުން އަދި ސަރުކާރަށް ތާއީދު ކުރާ ބަޔަކު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ ޓީވީ ޗެނަލުން އެހެން ކަމެއް ނޯވެއެވެ. އެކަމުގެ ދިފާއީ ވާހަކަތަކުގައެވެ. އެފިޔަވަޅުގެ މޮޅު ވާހަކަ ދެއްކުމުގައެވެ. އެކަމުގެ ފައިދާއެވެ. އެކަން ކޮންމެހެން ވެސް ކުރަން ޖެހުނު ސަބަބު ބުނެދޭށެވެ. އެކަމަކު އެވާހަކަތަކުގެ ހޫނު ނުކެނޑެނީސް އޭގެ އިދިކޮޅަށް ޖަހާތަން ދަނީ ފެންނަމުންނެވެ. އިހު ހުރި ގޮތަށް ރުޖޫއަވާ މަންޒަރެވެ. ކުރިން ކުރި ގޮތައް އަލުން ކުރަން ފަށާ ތަނެވެ.

އޭގެ އެއްކަމަކީ ކާޑުގެ ބާވަތްތަކުގެ އަގަށް ސަރުކާރުން ގެނައި ބަދަލެވެ. ޒަރޫރީ ކާޑު ކޮޅުގެ އަގު ބޮޑުކުރުމެވެ. އެބަދަލު ފުރަތަމަ ގެނައީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.  ސަރުކާރުން އޭރު ދެއްކީ ވަރަށް މަޖާ ވާހަކައެކެވެ. ބުނަމުން ދިޔައީ އާދައިގެ ހަނޑޫ ބޭނުން ކުރަނީ ބިދޭސީން ކަމަށެވެ. ދިވެހިންކަނީ މޮޅު ހަނޑޫ ކަމުގައެވެ. އެހެންކަމުން ސަރުކާރުން ކާޑަށް ދޭ ސަބްސިޑީން ދިވެހިންނަށް ވުރެ ބޮޑު ފައިދާއެއް ކުރަނީ ބިދޭސީންނަށް ކަމަށް ސަރުކާރުން ބުންޏެވެ. އެދުވަހު ރައްޔިތުން ރޮއެރޮއެ އޮއްވާ ސަރުކާރުން ވަނީ 3.98 ރުފިޔާ އަށް ވިއްކަމުން ދިޔަ ހަނޑޫ ކިލޯއެއްގެ އަގު 7.96ރ. އަށް ބޮޑުކޮށްފައެވެ. އަދި 4.50ރ. އަށް ވިއްކި ހަކުރު ކިލޯގެ އަގު 8ރ. އަށް އުފުލާލިއެވެ. އެވަރުން ފުދުނީކީ ނޫނެވެ. ކުރިން 3.50 ރުފިޔާއަށް ވިއްކި ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ޖައްސާލީ އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތިއެވެ.

މެންބަރުން ޓީވީތަކަށް އަރާ އެބަދަލަށްޓަކައި ރައީސް ޔާމީންގެ މޮޅުވާހަކަ އާއި އިޤްތިސޯދީ ގޮތުން ލިބުނު ކުރިއެރުމުގެ ވާހަކަތަކާއި ހުޝާމިދުކޮށް ނުނިމެނީސް ބޯމަތިވީ 2017 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެވެ. ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ކަމަށް ދައްކާން ވެގެން ހަނޑުލާއި ހަކުރުން 15 އިންސައްތަ އަދި ފުށުން 12 އިންސައްތަ އަގު ހެޔޮކުރިއެވެ. އެގެނައި ކުޑަ ބަދަލާ އެކު ވެސް އިހުހުރި އަގާ ކައިރި ވެސް ކުރާވަރެއް ނުވިއެވެ. އެބަދަލަކުން އެއިންތިޚާބުގައި ރައްޔިތުން ގުނބޯ ހެއްދޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެއިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުންޏެވެ.

ރައީސް ޔާމީންގެ ހެޔޮފުޅުކަން ދައްކަން އަނެއްކާ ވެސް ކާޑުގެ އަގަށް ބަދަލު ގެނައީ މިދިޔަ ބުދަދުވަހުއެވެ. ހީވީ އެހެން ފަދަ ކަމެއް ހެނެވެ. ދެނެކާ ދެނެއް ނެތެވެ. ސަރުކާރުގެ ސޯޝަލް މީޑިޔާ ޓީމު ހިންގާލަން ފެށިއެވެ. ވަގުތުގެ ބޭނުން ހިފާފައި ރައީސް ޔާމީނަށް ތައުރީފްގެ ބަސްތައް މާމަލުން ގަތަން ފެށިއެވެ. އެމަނިކުފާނު ވަރުގެ ވެރިއަކު ނެތްކަމަށް ބުނެ ބޮޑެތި ފޮޓޯތަކާ އެކު ޓްވީޓްތައް ކުރަން ފެށިއެވެ. ގެނައި ބަދަލު ރައްޔިތުންނަށް އެނގުނުއިރު ކަމަކުދާކަށް ނެތެވެ. ޖެހުނީ އިހުހުރިތަނުގައެވެ. ވީ ހެވެއް ނެތެވެ. ސަރުކާރުން ކާޑުގެ އަގު ބޮޑު ކުރިއިރު ހުރިވަރަށް ވުރެ އެންމެ ލޯލާރިއެއް ވެސް ކުޑައެއް ނުވިއެވެ. ހަމަ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ރައްޔިތުންގެ ކާޑުކޮޅަށް ގެނައި ބޮޑު ބަދަލު ގެނައިއިރު ހުރިވަރަށެވެ. ނަސީބު ދެރަކަމުން އަނެއްކޮޅުން އެންމެ ބޮޑަށް ވާދަކިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކާޑުގެ ބާވަތްތައް ހުރި އަގަށް ވުރެ ތަންކޮޅެއް ބޮޑެވެ.

ކޮންމެއަކަސް މިފަހަރު ވެސް ސަރުކާރަށް ލިބުނީ ބޮޑު ލަނޑެކެވެ. ކުރެވުނު ކަންކަމުން ފެނުނީ އިތުރަށް ލަދުގަތްތަނެވެ. ރައީސް ޔާމީންގެ ހެޔޮފުޅުކަން ދައްކަން މިފަހަރު ވެސް އެނބުރި އުނބަށް ޖެހީތީއެވެ. އިހު ހުރިތަނަށް ދިޔައީތީއެވެ. މޮޅުކަން ދައްކާށާއި ހެޔޮކަން ދައްކާން ކުރި ކަމަކުން ހެޔޮ ބަހެއް ނުލިބި ރައްޔިތުންގެ ފުރައްސާރަ ކުރިމަތިވުން ނޫން ކަމެއް ނުވިއެވެ. މިފަހަރު ވެސް މުއިއްޒުވުމުން ލިބުނީ ބޮޑު ލަދެކެވެ. 

- ކޮމެންޓް
11 އޭޕްރިލް 2018 | ބުދަ 14:06
ނަޝީދު
ރާއްޖޭގެ ޒުވާނުން މިއަދު ވަނީ "ޑިސްކޯ" ފަދަ މަޖާކުރުން ތަކުން މަހުރޫމުވެފައި؟
11 އޭޕްރިލް 2018 | ބުދަ 14:01
ހ މ ޒ
ރައީސް ޔާމީންގެ ތައުޒިޔާ އިންޑިއާގެ ބޮޑުވަޒީރަށް؟
11 އޭޕްރިލް 2018 | ބުދަ 14:01
ހ މ ޒ
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބަސް އެކްސިޑެންޓުގައި އެތައް ބަޔަކު މަރުވެ އެތައްބަޔަކަށް ގެއްލުން ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ!؟.
6 އޭޕްރިލް 2018 | ހުކުރު 15:17
Babil
Heyofulhukan dhakkan bunan vaanee "boan vaane, boven vaane" ey. Eyrun heyo kamakah magufahi koh dhin kamah vaanee.