ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 09:31
ލޯކަލް މާރުކޭޓް ސަރަަހައްދުގައި އާންމު ރައްޔިތަކު މަސައްކަތުގައި
ލޯކަލް މާރުކޭޓް ސަރަަހައްދުގައި އާންމު ރައްޔިތަކު މަސައްކަތުގައި
މުހައްމަދު ޝަރުހާން
އެމްޕީއެލް
ހަތް ދުވަސްތެރޭގައި ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަ ބާތިލް ކުރަން ނިންމައިފި
އަލުން ރަޖިސްޓްރީވުމަށް ވަނީ އަންގާފަ
މަޖޫރީންނަށް ނެގޭނެ އަގު ސަރުކާރުން ކަނޑައަޅައިފި
ބަދަލުގެނެސްފައި ވަނީ ވިޔަފާރީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގޮތުން

ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ހަމަޖެއްސުމުން އެކަމާ އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖޫރީންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތަށް ހަތް ދުވަސް ތެރޭގައި އަލުން ރަޖިސްޓްރީންވުމަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްޕީއެލް ސަރަހައްދުގައި މަޖޫރީންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް ހަތް ދުވަސް ތެރޭގައި ރަޖިސްޓްރީ ނުވާ މަޖޫރީންގެ ހުއްދަ ބާތިލް ކުރާނެ ކަމަށެވެ. މަޖޫރީން އަލުން ރަޖިސްޓްރީވާން ޖެހޭގޮތަށް ކަނޑައެޅީ، އާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތާކައި ވިޔަފާރީގެ ޙިދުމަތްތައް ލިބިގަންނަ ފަރާތައް ހިމާޔަތްކުރުމުގެ ގޮތުން ކަމަށް އެމްޕީއެލުން ބުންޏެއެވެ.

މިފަދަ ބަދަލެއް ގެންނަނަން އެމްޕީއެލް އިން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް ބޮޑުވެގެން ނެގޭނެ ރޭޓްތައް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިބަދަލު ވެސް ގެނެސްފައި މި ވަނީ ކުއްލި ގޮތަކަށް މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނައި ބަދަލާއެކުގައި މަޖޫރީންގެ މަސައްކަތުގެ އަގު ދެގުނަ ބޮޑުކޮށްފައި ވަނިކޮށެވެ.

 

އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރިއަށް ދަނީ

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުދާ ހުސް ކުރުމަށް ނެގޭނެ އެންމެ ބޮޑު އަގު (މަޖޫރީންނަށް ނެގޭނެ އެންމެ ބޮޑު އަގު) ކަނޑައެޅީ މުދާ ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގައިވާ ބާރުގެ ދަށުން ކަމަށެވެ. އަދި މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުން މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވެސް އެ އިއުލާންގައި ބުނެގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި މަޖޫރީންނަށް ހެނދުނު 6:00 އިން ރޭގަނޑު 12 އަށް ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުގެ 20 ފޫޓް ކޮންޓެއިނަރ އަކަށް ނެގޭނީ 2500 ރުފިޔާ އެވެ. އަދި 40 ފޫޓް ކޮންޓެއިނަރަކުން ނެގޭނީ 5000 ރުފިޔާ ކަމަށާއި، ބިއްލޫރި ޝީޓް ހިމެނޭ ކޮންޓެއިނަރެއްނަމަ 20 ފޫޓް ކޮންޓެއިނާއެއް 4000 ރުފިޔާ އަދި 40 ފުޓް ކޮންޓެއިނަރަކުން ނެގޭނީ 7000 ރުފިޔާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އޭގެއިތުރުން މެންދަމު 12:00 އިން ހެނދުނު 6:00 އަށް ބިއްލޫރިޝީޓް ފިޔަވައި އެހެން ބާވަތްތަކުގެ ކޮންޓެއިނަރެއް ނަމަ 20 ފޫޓް ކޮންޓެއިނަރަކަށް ނެގޭނީ 4500 ރުފިޔާ އަދި 40 ފޫޓް ކޮންޓެއިނަރަކަށް ނެގޭނީ 7000 ރުފިޔާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި ބިއްލޫރި ޝީޓްގެ 20 ފޫޓް ކޮންޓެއިނަރަކުން 4500 ރުފިޔާ ނެގޭނެކަމަށާއި،  40 ފޫޓް ކޮންޓެއިނަރަކުން ނެގޭމީ 7500 ރުފިޔާކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އެއް ކޮންޓެއިނާގައި ގިނަ ފަރާތުން ގެންނަ މުދާ ވަކި ވަކިން ހުސްކުރުމަށް ވެސް މިނިސްޓްރީން އަގު ކަނޑައަޅާފައިވެއެވެ. އެގޮތުން ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުން އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް ނެގޭނީ 250 ރުފިޔާ ކަމަށާއި، އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 175 ރުފިޔާ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް