ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 18:21
ގުޅިފައިވާ ސިޔާސީ ޕާޓީން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީން މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައި، ބިލްބޯޑެއް މާލޭގައި ހަރުކުރަނީ
ކުނޫޒުގައި މިރޭ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ އެކި އެކި ސަބަބުތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ދިވެހި ރައްޔިތުން ދޫކޮށްލުމަށް ގޮވާލައި މާލޭގައި ބިލްބޯޑެއް ހަރުކުރަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފިއެވެ.

މ. ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސަރުކާރުން ހިންގާ ޖަރީމާތަކާ، ވައްކަމުގެ ވާހަކަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދައްކާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ހަމަ މަގަށް އެޅުވުމަށް މިހާތަނަން ކުރި މައްސަކަތްތަކުގެ ތެރެއިން 40 އަށް ވުރެ ގިނަ ދިވެހި ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށާއި، ސިޔާސީ ހައްޔަރިން ދޫކޮށްލުމަށް ގޮވާލައި ބުދަ ދުވަހުގެ ރޭ ( މިރޭ ) ކުނޫޒު ކުރިމަތީގައި ހާއްސަ ބިލްބޯޑެއް ހަރުކުރުން އޮންނާނެ ކަމަށް އިންތި ވިދާޅުވިއެވެ.

 އެހެންކަމުން މި ހަރަކާތުގައި އިސްލާހީ މަސައްކަތަށް ތާއީދު ކުރާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އިންތި ވަނީ ގޮވާލައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަރަކާތްތައް ވަރުގަދަކޮށް ، އަންނަ ހުކުރު ދުވަހު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ވެސް ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެކަން އިންތި ފާހަގަކުރިއެވެ.

މި ސަރުކާރުގެ ކޮންމެ މިނިސްޓްރީއަކުން ކަންކުރާ އުސާލަށް ނަޒަރު ހިންގާލިއަސް ފެނިގެންދާނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ހިންގާފައިވާ ޖަރީމާތަށް ކަމަށް އިންތި ވިދާޅުވިއެވެ. ހާއްސަކޮށް އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަން އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލްތޯނުން ލިބުނު ފައިސާ އަދި ވެސް ހަވާލުކޮށްފައި ނުވާތީ އިންތި ވަނީ ވަރަށް ބޮޑަށް ފާނޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖެޓީވީން އިސްނައިގެން ކުރިއަށް ގެންދިޔަ ޓެލްތޯން ނިމުމާއި އެކު ދިވެހި ރެޑްކޮރެޝެންޓާއި ޓެލްތޯނުން ލިބުނު ފައިސާ ހަވާލުކޮށް ، ނަމޫނާއި ދައްކާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް