ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 18:29
މެމްބަރު މަހްލޫފު ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗަށް އެރުވި ވަގުތު ރައީސް ޔާމިންގެ އިސްތިއުފާއަށް ގޮވަނީ
މެމްބަރު މަހްލޫފު ފުލުހުންގެ ބެލުމުގެ ދަށުން ލޯންޗަށް އެރުވި ވަގުތު ރައީސް ޔާމިންގެ އިސްތިއުފާއަށް ގޮވަނީ
ޓްވިޓަރ
މަހްލޫފު
މަހްލޫފުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލުކޮށްފި
އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މާފުށީޖަލުކައިރި މުޒާހަރާ ކުރި މައްސަލާގައި
މުޒާހަރާގައި މާސްކްތަކެއް ބެހި މައްސަލާގައިވެސް ވަނީ ދައުވާ ކޮށްފައި
ފެބްރުއަރީ 22 ފެށިގެން އޭނާ ހުންނެވީ ދޫނިދޫގައި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާތީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.  

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި މަހްލޫފު ގޭބަންދަށް ބަދަލު ކުރަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ބުދަ ދުވަހުގެ ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި ބަންދުގެ މަޖިލީހަށް ފަހު އެވެ. އޭނާ ކޯޓަށް ހާޒިރު ކުރީ އެންމެ ފަހުން އޭނާގެ ބަންދަށް ޖެހި ފަސް ދުވަސް ބުދަ ދުވަހު ހަމަވާތީ އެވެ. 

ބަންދުގެ މަޖިލީހަށް ފަހު މަހްލޫފުގެ ދިފާއީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ މަހްލޫފުގެ މައްޗަށް ޓެރިޒަމްގެ ދައުވާ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރި މުޒާހަރާ ކޮށްފައިވާ މައްސަލައިގައި ކަމަށެވެ. އެހެން ނަމަވެސް މުޒާހަރާއާ ގުޅިގެން މަހްލޫފުގެ މައްޗަށް އެކަނި ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވާތީ ނާޒިމް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.

މަހްލޫފު މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓަދޭން ދައުލަތުން އެދުނު ނަމަވެސް އޭނާ ޖަލު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

މުޒާހަރާގެ ތެރެއިން މާސްކްތަކެއް ބެހި ކަމަށް ބުނެ ވެސް އޭނާ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާފަ އެވެ. އެހެން ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތައްވެސް އަދި ނުފަށަ އެވެ. އޭގެ އިތުރުން ވެސް އޭނާ ކޮށްފައިވާ ކަމަށް ބުނާ ދެ  ޓުވީޓްއަކާ ގުޅިގެންވެސް އޭނާގެ މައްޗަށް ޖިނާއީ ތުހްމަތުތަކުގެ ތަހްގީގުތަކެއް ވަނީ ހިންގާފަ އެވެ.

މި ސަރުކާރު އައިފަހުން މަހްލޫފުގެ މައްޗަށް މީގެ ކުރިން އުފުލި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވުމާ ގުޅިގެން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 19:36
އިންޓެލް
ޑީލްހެދީ