ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 16:41
މި ޓެލެންޓް ޝޯގައި ސިވިލް ސަރވިސްގެ 10 އިދާރާއަކުން ޖުމްލަ 10 އައިޓަމެއް ހުށަަހަޅާނެ
މި ޓެލެންޓް ޝޯގައި ސިވިލް ސަރވިސްގެ 10 އިދާރާއަކުން ޖުމްލަ 10 އައިޓަމެއް ހުށަަހަޅާނެ
އާމިނަތު ނުޒުހާ
ސިވިލް ސާވިސް
ސިވިލް ސާވިސްއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ޓެލެންޓް ޝޯއެއް ބާއްވަނީ
ޓެލެންޓު ޝޯ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ވަނީ ނިންމާފައި

ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ފާހަގަ ކުރުމާއި ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތަކުގައި ހިމެނޭ ޓެލެންޓު ޝޯ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިއީ ސިވިލް ސަރވިސްއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީ ގުޅިގެން ހިންގުމަށް ރާވާފައިވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭޓެލެންޓު ޝޯ އެކެވެ އޮލިންޕަހުގައި ކުރިޔަށް ގެންދަން ރާވާފައިވާ މި ޓެލެންޓް ޝޯގައި ސިވިލް ސަރވިސްގެ 10 އިދާރާއަކުން ޖުމްލަ 10 އައިޓަމެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ޝޯ ކުރިޔަށް ދާނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 23:30 އަށް ކަމަށް ޝޯގެ އިންތިޒާމުތައް ހަމަސައްޖައްސަވާ ކޮމެޓީން މަޢުލޫމާތުދެއެވެ. މި ޝޯގައި އެންސީއޭ ބޭންޑުގެ ބައެއް ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދާ ހަރާކާތްތައް ކުރިޔަށް ގެންދެވުމުގެ މަޤްޞަދަކީ ޖުމްހޫރީ ނިޒާމާ ބޭހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުންކަމަށް އެ ކޮމިޓީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
5 އޭޕްރިލް 2018 | ބުރާސްފަތި 04:42
ފަސީ
ބަޔަކު މޮޔަނުވާނެތަ؟ ކީއްކުރާ ރޯޑްޝޯވއެއް. ދުނިޔޭގެ ގައުމުތަކުގައި ރޯޑްޝޯވ ބާއްވަނީ އެބްރޭންޑެއް މާކެޓްކުރުމަށާ ކަސްޓަރަމުންނާ ގުޅުން ބަދަހިކުރުމަށް. ބޯހަލާކު، ދިވެހި ސިވިލް ސަރވިސްއިން މިއުޅެނީ މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކަށް ފުދޭވަރުގެ މުސާރައެއްނުދެވިގެން. ދެން އަހަރު ފުރުނީމަ ރޯޑްޝޯވއާ ޕާރޓީތަކާ ބާއްވާފަ ވެރިންތައް މަޖާނެގީމަ ނިމުނީ އެއްކަލަ މުވައްޒަފަށް ނެތް އެއްވެސް އެއްްޗެއް. މުސާރައިގެ އޮނިގަނޑު ހަދާތާ ފަސްއަހަރު އަދިވެސް އެކަމެއްނުނިމޭ. ގުޅީމަ ބުނަނީ ބަޖެޓްނެތީމަ އޮނިގަނޑު ފާސްނުވީޔޯ. އަދި ނުވިތާކަށް މިއަޗާތަޅަން އެމުވައްޒަފު މީހާއަށް ދާން މަޖުބޫރުކުރާނެ. ޝުކުރިއްޔާ ގައުމު