ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:26
އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓް
އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓް
ޓްވިޓަރ
އައްޑޫ އެކްސިޑެންޓް
އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވި ހާދިސާއަކާ ގުޅިގެން ހައްޔަރު ކުރި ޑްރައިވަރު ދޫކޮށްލައިފި
އެކްސިޑެންޓް ހިނގީ އާދިއްތަ ދުވަހުގެ ރޭ
ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނު ނިޔާވީ ހަމަ އެރޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި ހާދިސާއަކާ ގުޅިގެން ހައްޔަރު ކުރި ޑްރައިވަރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީ، ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ކާރު ޑްރައިވަރު ދޫކޮށްލާފައި ވަނީ އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ. އޭނާ ދޫކޮށްލާފައިވަނީ މަރުވި މީހާގެ އާއިލާގެ ފަރާތުން އެމައްސަލާގައި ދައުވާ ކުރަން ބޭނުން ނުވާތީ ކަމަށް ވެސް އެނގިފައި ވެއެވެ. 

މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައި ވަނީ ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނެވެ. އަބްދުﷲ މަނިކުފާނު މަރުވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރެ އެވެ.

މި އެކްސިޑެންޓް ހިނގީ އަބްދުﷲ މަނިކުފާނު ބައިސްކަލްގައި ދުއްވާފައި ދަނިކޮށް ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ޖެހިގެންނެވެ. ކާރުން ބައިސްކަލުގައި ޖެހުމާ އެކު އަބްދުﷲ މަނިކުފާނު ވިއްސައިގެން ދިޔައިރު، އޭނާ ދުއްވި ބައިސްކަލް އޮތީ ކާރުގެ ދަށުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް