ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:50
ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) --
ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) --
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ތަހުގީގު
ކޭޝްކާޑެއް ބޭނުންކޮށްގެން ވަގަށް ފައިސާ ނެގި މައްސަލައެއްގައި މީހަކު ހޯދަނީ
މިމީހާ ހޯދަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ މައްސަލައެއްގައި

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) އެވެ.

ފުލުހުން ބުނީ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791394 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެހެން މީހުންގެ ކޭޝްކާޑު ބޭނުން ކޮށްގެން ވަގަށް ފައިސާ ނެގުމުގެ މައްސަލަތަކާއި އެކިއެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަނުގެ ނަމުގައިވެސް މީސްމީހުންނަށް ގުޅާ ފައިސާ ޖަމާކުރުމަށް ބުނަމުންދާއިރު، މިފަދަ ކަންކަމުން ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް