ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:14
ކުރީގެ ޔޫތް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު
ކުރީގެ ޔޫތް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު
ސިމާހާ ނަސީމް
މާލޭގެ ޓްރެފިކް މައްސަލަ
މާލޭގެ ޓްރެފިކް މައްސަލަތައް އެހާ ބޮޑުވެގެންދިޔައީ މާލޭގެ މަގުތަކަށް ގެނައި ބަދަލުގެ ސަބަބުން: މަލީހު
މުދާ އުފުލުގެ ގަވައިދަށް ވަނީ ބަދަލު ގެނެސްފައި
ސަރުކާރުން ގެންގުޅެނީ ކޮމިއުނިސްޓް އުސޫލު

މާލޭގެ ޓްރެފިކް މައްސަލަ އެހާ ބޯޑަށް ގޯސްވެގެންދިޔައީ 2013 ވަނަ އަހަރުގައި ސަރުކާރުން މަގުތަކުގެ ބައެއް އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ޓްރެފިކް މައްސަލަ އިތުރަށް ބޮޑުވެގެންދިޔައީ އިސްލާމީ މަރުކަޒު ސަރަހައްދުގެ ދެ މަގު ބަންދު ކުރުމުގެ ސަބަބުންނާއި ޕާކިންގ ޒޯންތައް ނެގުމުގެ ސަބަބުން ކަމަށެވެ.

" ސަރުކާރުން ގެންގުޅެމުންދަނީ ވަރަށް ކޮމިއުނިސްޓް އުސޫލެއް. ރައްޔިތުންނާއި ކަމާ ގުޅުންހުރި އިދާރާތަކާއި އެކަށީގެންވާ ވަރަށް މަޝްވަރާ ކުރުމެއް ނެތި ކުރީގައި ވެސް އަމަލު ކުރާ އުސޫލުން އަމަލު ކޮށްފައިވަނީ. އެމްޓީސީސީ ފެރީ ޓާމިނަލް ސަރަހައްދުގައި އޮތް ޕާކިން ސަރަހައްދު ނެގި. ހީނާމާގޭ ޕާކިން ސަރަހައްދުވެސް ނެގި. މިގޮތަށް ބައިވަރު ކަންކަމެއް ނިންމުމަށްފަހު، މާލޭގެ ރައްޔިތުން ތޮއްޖެއްސުމަށް ފަހު ދެން މިބުނަނީ ތިމަންނަމެން ބޭނުންވާ ގަޑިއެއްގައޭ ވެހިކަލް ދުއްވަންޖެހޭނީ ބަރުކުރަންޖެހޭނީ." މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، މިފަދަ ބަދަލެއްގެ ސަބަބުން ވިޔަފާރިތަކަށް އަސަރުކޮށް ދައުލަތުގެ އާމްދަނީއަށް ވެސް އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމުގެ ބަދަލުގައި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް އިތުރު ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އޭޕްރީލް 01 ފެށިގެން ވިޔަފާރިތަކުން މުދާ އުފުލާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުން ކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް