ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 13:18
ކޭން ސޭޓުގެ ބޮލަށް އަނިޔާވެފައި
ކޭން ސޭޓުގެ ބޮލަށް އަނިޔާވެފައި
ޓްވިޓަރ
ފައިސާ ފޭރިގަތުން
ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
ކޭންސޭޓު އަތުން ފައިސާ ފޭރިގަތީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭ
މޫނަށް ޖެހީ ޕެޕަސްޕްރޭކަން އެނގުނީ ފުލުހުން ބުނުމުން
ފުލުހުން ބުނީ ޕެޕަސްޕްރޭގެ މައްސަލައިގައި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް

މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ ޖަލީލު (ކޭން ސޭޓް) މޫނަށް ޕެޕާ ސްޕްރޭ ޖަހައި މަރުތޭލަކުން ބޯފަޅާލުމަށް ފަހު މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފިއެވެ.

ކޭން ސޭޓު ރާއްޖެއެމްވީއަށް ބުނީ މިމަހުގެ އަންގާރަ ދުވަހުގެ ރޭ އޭނާ އޮފީސް ނިންމާލުމަށް ފަހު ގެއަށް ވަން ވަގުތު ސިޑިމަތިން ފައިސާ ފޭރިގަތީ މޫނަށް ޕެޕަސްޕްރޭ ޖެހުމަށް ފަހު މަރުތޭލަކުން ބޮލުގައި ތިން ފަހަރު ޖަހައި ބޯ ފަޅާލުމަށް ފަހުގައި ކަމަށެވެ.

މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވާ ކޭން ސޭޓް ބުނީ ފަރުވާ ހޯދާފައި ވަނީ ފުލުހުންގެ އެހީގައި އޭޑީކޭ ހޮސްޕިޓަލުން ކަމަށާއި މޫނަށް ޖެހީ ޕެޕަސްޕްރޭކަން އެނގުނީ ފުލުހުން ބުނުމުން ކަމަށެވެ. މަރުތޭލައިން ޖަހައި ބޯފަޅާލުމާ ގުޅިގެން ބޮލުގެ ތިންތަނެއް ވަނީ ފަހާފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ އެމައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އާންމުންގެ އަތުގައި ޕެޕަސްޕްރޭ ހުރުން އެއީ ކުށަކަށްވާއިރު ފުލުހުންނާއި ސުވާލުކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން މައުލޫމާތު ދެވެން ނެތް ކަމަށެވެ.

"ނުވަ ލައްކަ އާއި 11 ލައްކައާ ދެމެދުގެ ފައިސާއެއް ހުންނާނެ. އަދި ސައްބީސް ހާސް ޔޫއެސް ޑޮލަރު ވަރު ހުންނާނެ،" ކޭން ސޭޓް ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޮފީސް ވެސް ފަޅާލައި ފައިސާ ގެންގޮސްފައި ވާކަމަށެވެ. ފުރަތަމ ފަހަރަށް އޮފީސް ފަޅާލައި ދެމިލިއަން ރުފިޔާ ގެންގޮސްފައި ވަނީ އަހަރުތަކެއް ކުރިން ކަމަށާއި އަދި މިދިޔަ އހަރު އެ އޮފީހުގެ ތިޖޫރީ ފަޅާލާފައި ވާކަމަށެވެ. އެހެން ނަމަވެސް ފުލުހުންނަށް އެކަން ކުރި މީހަކު މިހާތަނަށް ހޯދިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 08:52
ހުނު
ތިކަމުގައި ބުނަން އޮތީ އެންމެ ބަހެއް! އެއީ ވަރަށް ވާހަކަ! އެ ބަހަކީ......... ތަ ޖު ރިބާ!!!!!
4 އޭޕްރިލް 2018 | ބުދަ 08:37
ހައްވަ
އަނެއްކާ ފޮނުއްވައިގެން ޗިޕްސް ބަލާ ދިޔަ މީހަކުބާ؟