ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 13:27
ޕީޕީއެމް އޮފީހުގެ ސްޓޭޖް އަނދާފައި
ޕީޕީއެމް އޮފީހުގެ ސްޓޭޖް އަނދާފައި
ޓްވިޓަރ
ޕީޕީއެމް ޖަގަހަ
ޕީޕީއެމް ޖަގަހައިގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި
ހައްޔަރު ކޮށްފައިވާ މީހާގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ
ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށްވޭ

ޕީޕީއެމްގެ، ސިޔާސީ ހަރަކާތް ހިންގާ "ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ބަޔަކު ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް ފުލުހުންގެ މީޑިއާއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ މިކަން ކަށަވަރުވާ ގޮތް ވަނީ ނުވެފައެވެ.

ޕީޕީއެމުން ބުނެފައި ވަނީ ރުމާލު 2 ޖަގަހައިގެ ސްޓޭޖުގައި ބަޔަކު ރޯކޮށްލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގެ ފަތިހު 4:10 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި އެ ޖަގަހައިގެ ސްޓޭޖުގެ ކާޕެޓު ވަނީ އަނދާފައެވެ. އަދި ޕޯޑިއަމަށް ވެސް ގެއްލުންތަކެއް ވެފައިވެއެވެ.

މިމައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން އާއްމު ކޮށްފައެއް ނުވެއެވެ. 

ޕީޕީއެމް ރުމާލު 2 ޖަގަހައިގެ ސްޓޭޖަށް ދީފައިވާ އަލިފާނުގެ ހަމަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ހަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް